މި ފެށުނު އާ އަހަރު ރާއްޖެ އަށް އެންމެ ފުރަތަމަ ޒިޔާރަތްކުރި ފަތުރުވެރިޔާ އަކަށް ރަޝިޔާ ރައްޔިތަކުވެއްޖެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި މިއަދު ބުނީ ރާއްޖެ އަށް މިއަހަރު ފުރަތަމަ ޒިޔާރަތްކުރީ ރަޝިޔާގެ ރައްޔިތެއް ކަމަށްވާ ނިކޮލައި ސްޓްރެޓިޗުކް ކަމަށެވެ. އޭނާއާއެކު އޭނާގެ އަންހެނުން އަދި ދަރިފުޅުވެސް ރާއްޖެ އަށް ވަނީ ޗުއްޓީ ހޭދަކުރުމަށްޓަކައި އައިސްފައެވެ.
ނިކޮލައި ސްޓްރެޓިޗުކް އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. މިއީ އޭނާ ރާއްޖެ އަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރުވެސްމެއެވެ.
https://twitter.com/VelanaAirport/status/1609455382325514241?s=20&t=Tq1ey-JwJ9xqEwVJ2CKdYg
މިދިޔަ އަހަރު ނިންމާލީ 1.6 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކޮށްގެންނެވެ.
ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވީ ސަރުކާރުގެ މިއަހަރުގެ އަމާޒަކީ ރާއްޖެ އަށް ދެ މިލިއަން ފަތުރުވެރިން ގެނައުން ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ