މިދިޔަ އަންގާރަ ދުވަހު ވިލިމާލެ އިން ތެޔޮ ބޯޓެއްގައި ދަތުރުކުރި ދެ މީހަކު ގެއްލިގެން ހޯދަމުން އަންނައިރު އެ ދެމީހުން ދަތުރުކުރި ބޯޓު ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މީހުން ދަތުރުކުރި ތެޔޮބޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ނެރު ކައިރިން އޮޔާ ދަނިކޮށް ފެނިފައިވާ ކަމަށެވެ. އެ ބޯޓު ފެނުނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށްވެސް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ އެ ބޯޓު ފެނުނު ނަމަވެސް ގެއްލިގެން ހޯދަމުން އަންނަ ދެ މީހުން ފެނިފައި ނުވާ ކަމަށެވެ.
ފުލުހުން ރޭ ބުނީ އެ ދެމީހުންނާއި ގުޅޭ އެއްވެސް ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އަދި ބުނީ ބޯޓު ފުރައިގެން ދިޔަ ތަނެއް ނޭނގޭ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ