ވ. އަތޮޅުގެ އެތެރެވަރިން ފެނުނު އިންސާނެއްގެ ހަށިގަނޑު ފުލުހުން ނަގައިފިއެވެ.
ފުލުހުން ބުނީ މަރުވެފައި އޮތް އިންސާނެއްގެ ހަށިގަނޑު ފެނުނީ ވ. އަތޮޅު ވެންޕަރު ފަޅު ހުޅަނގު އުތުރު ކަނޑުން ކަމަށެވެ. އެ ހަށިގަނޑު ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރީ މިއަދު ހެނދުނު 9:03ހާއިރު ކަމަށާއި ފުލުހުން އެ ސަރަހައްދަށް ގޮސް، ފުލުހުންގެ އުޅަނދަކަށް އެ ހަށިގަނޑު ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކަނޑުމަތިން ފެނުނު ހަށިގަނޑުގެ ފޮޓޯތައް ސޮޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުން، އެ މީހާގެ ހަށިގަނޑު ވަނީ ކާކުކަން ނޭނގޭ ވަރަކަށް ހަލާކުވެފައެވެ. އަދި ހަށިގަނޑުގެ ބައެއް މަސްތައް ނެއްޓި، ހުދުވެފައިވެއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ