ކޮވިޑް19އާ ގުޅިގެން، ރާއްޖެއަށް ޗައިނާއިން އަންނަ ފްލައިޓުތައް މަޑުޖެހިފައި އޮތުމަށްފަހު، މި މަހު ފްލައިޓުތައް އަލުން އަންނަން ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.
ޗައިނާއިން އަލުން ދަތުރުތައް ރާއްޖެއަށް ފަށަން ހަމަޖެހިފައިވަނީ ތިން އެއާލައިނަކުންނެވެ. އެއީ "ބެއިޖިން ކެޕިޓަލް" އާއި "ޗައިނާ އީސްޓަން" އާއި "ހޮންކޮން އެއާލައިން"އެވެ.
އެމްއޭސީލުން ބުނީ މި މަހުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ބެއިޖިން ކެޕިޓަލްގެ ހަތަރު ފްލައިޓު 300 ވުރެ ގިނަ ޖާގަޔާ އެކު ރާއްޖެ އަންނަން ފަށާނެ ކަމަށެވެ. އަދި މި މަހުގެ ފަހުކޮޅުން ފެށިގެން ކޮންމެ ހޮނިހިރު ދުވަހަކު ޗައިނާ އީސްޓަން އެއަރލައިން 200 ފަސިންޖަރުންނަށް ވުރެ ބޮޑު ޖާގަޔަކާ އެކު ރާއްޖެ އަންނާނެ ކަމަށެވެ. އަދި ހޮންކޮން އެއާލައިނުން ވެސް މި މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް ކޮންމެ ހަފްތާއަކު ތިން ފްލައިޓް އަޅާނެ ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ. އެއިން ކޮންމެ ފްލައިޓަކުން ވެސް 292 ފަސިންޖަރުންގެ ޖާގަ ހުންނާނެއެވެ.
މިދިޔަ އަހަރު ރާއްޖެއަށް 1.6 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ