ތ. ކަނޑޫދޫ އާއި ހަމަ އެ އަތޮޅު އޮޅުވެލިފުށީގެ ގޮނޑުދޮށުން ގޮތް ނޭނގޭ ފަތްތަކެއް ފެނިއްޖެއެވެ.
އެކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ އެ އޮޅުވެލިފުށި ގޮނޑުދޮށުން ގޮތް ނޭނގޭ ފަތްތަކެއް ފެނިގެން ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ. އަދި ހަމަ އެ ވައްތަރުގެ ފަތްތަކެއް ކަނޑޫދޫ ގޮނޑުދޮށުން ފެނިފައިވާ ކަމަށް ވެސް ބުންޏެވެ.
އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، އެތަކެތި ތަހުލީލުކޮށް ދެނެގަތުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ތ. ކަނޑޫދޫގެ ނަމުގައި ފޭސްބުކްގައި ހިންގަމުން އަންނަ ޕޭޖެއްގައި އެ ފަތްތަކުގެ ފޮޓޯއާއެކު އާއްމު ކޮށްފައިވެއެވެ. އެ ޕޯސްޓަށް ބައެއް މީހުން ކޮށްފައިވާ ކޮމެންޓުގައި ބުނެފައި ވަނީ އެ ފަތްތަކަކީ "ބޭ ލީފް" ނަމަކަށް ކިޔާ ބާވަތެއްގެ ފަތްތަކެއް ކަމަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ