އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް، އެ ވީޑިއޯތައް ލީކު ކޮށްލާނެކަމަށްބުނެ ބިރުދައްކައި، ބުލެކްމެއިލްކުރި މައްސަލާގައި ހައްޔަރުކުރި މީހުން ބަންދުން ދޫކޮށްލައި، އެ މައްސަލަ ފައިލްކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ހަތާވީސް" އަށް ވިދާޅުވީ އެ މައްސަލަ ފައިލް ކޮށްފައި ވަނީ ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުގެ ލަފާގެ މަތީން ކަމަށެވެ. އެ މައްސަލާގައި ޕީޖީއާއެކު މަޝްވަރާ ކުރެވުމުން އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންނާއި ދެކޮޅަށް ހުރި ހެކިތަކަކީ ބުރަދަން ހުރި ހެކިތަކެއް ނޫން ކަމަށް ޕީޖީ އިން ބުނެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެ މައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލާފައި ވަނީ މިދިޔަ ނޮވެމްބަރު މަސް ތެރޭގައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ މިހާރު ފައިލް ކޮށްފައިވާ ކަމަށެވެ. އެކަމަކު މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ފުލުހުންނަށް ލިބިއްޖެ ނަމަ އެ މައްސަލަ އަލުން ބެލުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
އެ މައްސަލާގައި ޖުމްލަ ފަސް މީހަކު ފުލުހުން ހައްޔަރުކުރިއެވެ. ނަމަވެސް އޭގެތެރެއިން ދެ މީހަކު ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތްކަމަށް ނިންމައި ކޯޓުން ދޫކޮށްލިއެވެ. ހައްޔަރުގައި ބެހެއްޓީ ބ. ދަރަވަންދޫ، އަކިރި، ހަމްދޫން (37އ) އާއި ބ. ދަރަވަންދޫ، ހީމަ، މުހައްމަދު މިހާދު މުސްތަފާ (24އ) އަދި ށ. ފުނަދޫ، ސީސްޓަރ، މައުމޫން މޫސާ (41އ) އެވެ.
ވީޑިއޯތައް ލީކުކޮށްލި މައްސަލާގައި ބައެއް މީހުންގެ މައްޗަށް މިހާރު ވަނީ ޝަރީއަތް ކުރެވި ހުކުމްވެސް އިއްވާފައެވެ. އެގޮތުން އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި އެމްޑީ އަލަމްގީރު އަދި ވަކީލު ނާޒިމް ސައްތާރުގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓުމަންޓުގައި މަސައްކަތް ކުރަމުން ދިޔަ އަބްދުއްރައޫފް އަށް ވަނީ ހުކުމް ކޮށްފައެވެ.
އެގޮތުން އަލަމްގީރު ހަތް މަހަށް އަދި ރައޫފް އެއް އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ. ނާޒިމް ހުކުމްކުރީ ތިން މަހަށް ގޭ ބަންދަށެވެ.
އަދި އޮރިޔާން ކާޑު ހެދުމުގެ ދައުވާތަކަކަށް ވެސް އަލަމްގީރުގެ މައްޗަށް ހުކުމް ކޮށްފައެވެ. އެގޮތުން އޭނާއަށް 40 ދައުވާ ދައުލަތުން ކުރިއެވެ. އެ ހުރިހާ ދައުވާތަކެއް ސާބިތުވާ ކަމަށް ކަނޑައަޅާ ދެ އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފައެވެ.
ޔޫއޭއީ އަށް ރާއްޖޭން ކަނޑައަޅާފައިވާ ސަފީރު މުންދު މަގާމުން ވަކިކޮށްފި
ހަނގުރާމައާ ގުޅިގެން މިފްކޯގެ ތެޔޮ މަސްދަޅުގެ އަގު ބޮޑުކޮށްފި
ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ނަޖާހް މަގާމުން ވަކިކޮށްފި
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އަހުމަދު މުހައްމަދު
ފަސް ސިޓީގެ އަންހެނުން ކޮމެޓީގެ ރައީސާކަންވެސް އެމްޑީޕީއަށް
އުމްރާގެ އަޅުކަމަށް ރައީސްގެ ދެކަނބަލުން މާދަމާ ސައުދީއަށް