ގއ. ދެއްވަދޫ ދޯންޏަކުން މަހަށް ގޮސް އުޅުނު މީހަކު އެންދެމުމަށް ފައިބައިގެން އުޅެނިކޮށް މަރުވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ އެމީހާ އެންދަމަށް ފޭބި ގޮތަށް ހަބަރެއް ނުވެގެން ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 8:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެމީހާ ފެނުނޫ ދެއްވަދޫއާ ބޭރުން މޭލެއްހާ ދުރުންނެވެ. އަދި އެމީހާ ފެނުމުން ދެއްވަދޫ ސިއްހީ މަރުކަޒަށް އެމީހާ ގެންދިއުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް އުމުރުން 56 އަހަރުގެ އެމީހާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ބުންޏެވެ. މަރުވި މީހާ އަކީ ދިވެއްސެކެވެ.
ޔޫއޭއީ އަށް ރާއްޖޭން ކަނޑައަޅާފައިވާ ސަފީރު މުންދު މަގާމުން ވަކިކޮށްފި
ހަނގުރާމައާ ގުޅިގެން މިފްކޯގެ ތެޔޮ މަސްދަޅުގެ އަގު ބޮޑުކޮށްފި
ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ނަޖާހް މަގާމުން ވަކިކޮށްފި
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އަހުމަދު މުހައްމަދު
ފަސް ސިޓީގެ އަންހެނުން ކޮމެޓީގެ ރައީސާކަންވެސް އެމްޑީޕީއަށް
އުމްރާގެ އަޅުކަމަށް ރައީސްގެ ދެކަނބަލުން މާދަމާ ސައުދީއަށް