އެމްޑީޕީގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުކޮށް ޕާޓީއާ މެދު ނަފްރަތު އުފެއްދުން ހުއްޓާލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ހަރުގެ ޖަލްސާގައި މިރޭ ވާހަކަދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި މިރޭ ވަނީ އެމަނިކުފާނާއެކު ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފައެވެ.
މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ފާއިތުވެގެން ދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި، އިދިކޮޅު ފަރާތްތަކުންނާއި އެމްޑީޕީގެ އެތެރެއިން ސަރުކާރު ހިންގުމަށް، އެތައް ދަތިތަކެއް ކުރިމަތި ކުރުވި ކަމަށެވެ.
ކޮވިޑް19ގެ އާލަމީ ވަބާއާ ގުޅުވައިގެން ވެސް ކޮންމެ ދުވަހަކު ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދާ ސަރުކާރާއި މެދު ރައްޔިތުންގެ އޮތް އިތުބާރު ގެއްލުވާލުމަށް އެތައް ވާހަކަތަކެއް ދައްކާފައިވާ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އެހެންނަމަވެސް އެ ދަތިކަމާއެކު ވެސް ކަންތައްތަކެއް ހާސިލް ކުރެވިގެން ދިޔަ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"މިއަދު އަޅުގަނޑު އެބޭފުޅުންނަށް ދަންނަވާލާނީ ތިކަން ހުއްޓަވާލައްވާ. އެކަން ހުއްޓާލައްވާ. ހުއްޓާލައްވާފައި ވަޑައިގެން އަޅުގަނޑުމެންނާ އެކުގައި ރައްޔިތުންނަށް ހިދުމަތް ކުރުމަށްޓަކައި މިވެފައިއޮތް ވައުދުތައް ފުއްދުމަށްޓަކައި އެކުއެކީ ކުރިއަށްދަމާ ހިނގާ،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެމްޑީޕީގެ ޕްރައިމަރީގައި ތިއްބަވާނީ އިދިކޮޅު ކެންޑިޑޭޓުންނެއް ނޫން ކަމަށެވެ. އެގޮތުން މި އިންތިހާބުގައި ތިއްބަވާނީ ވާދަވެރިން ކަމަށް ރައީސް ވިދާޅުވިއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ