އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް، ސަރުކާރާއި ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި މީހުންނަށް ބިރު ދައްކަމުން ގެންދާ ކަމަށް ބުނެ، ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުން ކުރަމުން ގެންދާ ތުހުމަތުތައް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން ޓީމުން ދޮގުކޮށްފި އެވެ.
ރައީސް ސާލިހުގެ ކެމްޕެއިން ތަޖުރަމާނު އަދި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީއަކީ ވަޒީފާގެ ބިރަށް ފަސް ނުޖެހުނު މީހުންގެ ޕާޓީ ކަމަށާއި ވަޒީފާގެ ބިރޭ ކިޔައިގެން ވާހަކަ ދެއްކުމަކީ އެމްޑީޕީފަދަ ބޮޑު ޕާޓީގެ ހިތްވަރު ގަދަ މެމްބަރުންނަށް ކުރެވޭ ބޮޑު މަލާމާތެއް ކަަމަށެވެ.
ރައީސް ނަޝީދަށް ތާއިދު ކުރާ މުވައްޒަފުންނަށް ބިރު ދައްކަމުން ގެންދާކަމަށްބުނެ، ނަޝީދުގެ ކެމްޕެއިން ޓީމުން ނެރުނު ބަޔާނެއްގައި މިއަދު ބުނީ ދައުލަތުގެ އެކިއެކި ވަޒީފާތަކުގައި ތިބި ރައީސް ނަޝީދަށް ތާޢީދުކުރާ މުވައްޒަފުން އެ މީހުން ވަޒީފާ އަދާކުރަމުންދާ ރަށް ނޫން އެހެން ރަށްރަށުގެ ވަޒީފާތަކަށް ބަދަލުކުރަމުން ގެންދާ ކަމުގެ ޝަކުވާ ދަނީ ލިބެމުންދާ ކަމަށެވެ.
ރައީސް ޞާލިޙަށް ތާޢީދުނުކުރާ މުވައްޒަފުންނަށް ސަރުކާރުން އެކި ގޮތްގޮތުން ބިރުދައްކަމުންދާ ކަމުގެ ޝަކުވާތައް ވެސް ލިބެމުންދާ ކަމަށާއި އެގޮތުން، ވާދަވެރި ކެނޑިޑޭޓަށް ތާޢީދުނުކުރާ މުވައްޒަފުންނަށް ވަޒީފާތަކުގައި ނުތިބެވޭނޭކަމަށް ބުނެ ބައެއް ވަޒީރުން މުވައްޒަފުންނަށް ބިރުދައްކައި އިންޒާރުދެމުންދާ ކަމުގެ ޝަކުވާތައްވެސް ލިބެމުންދާ ކަމަށް ނަޝީދުގެ ކެމްޕެއިން ޓީމުން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ