އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ޕްރައިމަރީ ކެމްޕެއިނުގައި ރ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފިއެވެ.
އެގޮތުން އެމަނިކުފާނުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވަޑައިގެންނެވީ ރ. މާކުރަތަށެވެ. ދެވަނަ މަންޒިލަކަށް އެމަނިކުފާނު ވަޑައިގަތީ އެ އަތޮޅު އިންނަމާދޫ އަށެވެ. މި ދެ ރަށުން ވެސް އެމަނިކުފާނަށާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.
[caption id="attachment_45907" align="alignnone" width="1024"] ޕްރައިމަރީ ކެމްޕެއިނުގައި ރައީސް ސޯލިހު ރ. އިންނަމާދޫގައި: ފޮޓޯ / ރައީސް ސޯލިހު ކެމްޕެއިން ޓީމް[/caption]
މި ދެ ރަށުގެ އިތުރުން ރ. މީދޫ އަށް ވެސް ރައީސް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ރަށުގައި ކެމްޕެއިން ބޮޑު ޖަލްސާއެއް ބާއްވަން ވަނީ ނިންމައިފައެވެ.
ޕްރައިމަރީ ކެމްޕެއިނުގައި ރ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ސޯލިހު ކުރައްވާ ދަތުރުފުޅެއް ފެއްޓެވިއިރު އެމަނިކުފާނު ވަނީ ދާދިފަހުން އެމްޑީޕީގެ މައި ހަރުގޭގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންފައެވެ. އެ ޖަލްސާގައި ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ ވާދަވެރިން ކިޔަމުން ގެންދާ ފާޑުކިޔުންތަކަށް ފުރަތަމަ ފަހަރަށް ރައްދު ދެއްވައިފައެވެ.
[caption id="attachment_45906" align="alignnone" width="1024"] ޕްރައިމަރީ ކެމްޕެއިނުގައި ރައީސް ސޯލިހު ރ. އިންނަމާދޫގައި: ފޮޓޯ / ރައީސް ސޯލިހު ކެމްޕެއިން ޓީމް[/caption]
އެގޮތުން ޕްރައިމަރީގައި އެމަނިކުފާނާއި ދެކޮޅަށް ނިކުންނަވާ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދަކީ ރައީސް ސޯލިހުގެ ވާދަވެރިއެއް ކަމަށް ވިދާޅުވެ ރައީސް ވަނީ ނަޝީދަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ