އާއިލީއެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީގެން ހައްޔަރުކުރި އަންހެން މީހާ ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.
ހެންވޭރު ގެއެއްގެ ތެރޭގައި ދެ މީހެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީގެން ސެނެހިޔާ ހޮސްޕިޓަލުގައި އެމީހާ އަށް ފަރުވާވެސް ދިނެވެ. އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ މަހުގެ 21ވަނަ ދުވަހުއެވެ.
މާރާމާރީ ހިންގީ ކޮއްކޮއަކާއި ބޭބެއެއްގެ މެދުގައެވެ. ތޫނު އެއްޗަކުން ހަމަލާދިނީ އަންހެނެކެވެ. އޭނާގެ ހަމަލާ އަމާޒުވީ އޭނާގެ ބޭބެގެ ބޮލަށެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ އުމުރުން 25 އަހަރުގެ އަންހެނެކެވެ. ނަމަވެސް އޭނާ މިމަހުގެ ހަތަރުވަނަ ދުވަހު ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.
ފުލުހުން ބުނީ އަންހެން މީހާ ދޫކޮށްލި ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ