މިއަހަރުގެ ފުރަތަމަ ހަތަރު ދުވަހު ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 22،000އަށްވުރެ އިތުރުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަތަރު ދުވަހު 22،297 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކުރިއެވެ. މި އަދަދަކީ މިދިޔަ އަހަރާއި އަދި އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު އިތުރު އަދަދެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް ޒިޔާރަތް ކޮށްފައި ވަނީ 20،842 ފަތުރުވެރިންނެވެ. 2021ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް ޒިޔާރަތް ކޮށްފައި ވަނީ 13،008 ފަތުރުވެރިންނެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރު ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ އަދަދަށް ބަލާއިރު މިއީ ހަތް ޕަސެންޓު އިތުރު އަދަދެކެވެ.
އެވްރެޖު ގޮތެއްގައި މި ހަތަރު ދުވަހު ރާއްޖެ އަށް 5,574 ފަތުރުވެރިން އައިސްފައިވެއެވެ. އަދި އެމީހުން ރާއްޖޭގައި އަށެއްކަ ދުވަހު މަޑު ކުރާނެ ކަމަށްވެސް ޓޫރިޒަމްގެ ތަފާސް ހިސާބުގައިވެއެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ރަޝިޔާ އިންނެވެ. ދެވަނަ އަށް އިޓަލީ އަދި ތިންވަނަ އަށް އަވައްޓެރި އިންޑިއާ އިންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ