މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަންވީ މީގެ ފަސް އަހަރު ކުރިން ރާއްޖޭގައި އޮތް އަނިޔާވެރިކަން އަލުން އިޔާދަވާން ބޭނުން ނުވާތީ، އެކަމާއި ދެކޮޅަށް ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާ އެމްޑީޮީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ނ. ވެލިދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވަނީ ފާއިތުވި 15 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާފައިވާ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
އެގޮތުން އެމަނިކުފާނު ވަނީ ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތަކެއް ބައިވެރިވެގެން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު އެމްޑީޕީ އިން ކާމިޔާބުކުރި ގޮތް ހިއްސާ ކުރައްވާފައެވެ. އެހެންނަމަވެސް 2012ވަނަ އަހަރު ވެރިކަމުގެ ދައުރު ފުރިހަމަ ނުވަނީސް ވެރިކަން ބަދަލުވެގެން ދިޔަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެއީ އެކަން ވާންވި ގޮތް ނޫން ކަމަށެވެ.
އެމްޑީޕީ އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ 2013ވަނަ އަހަރު ވެސް އެމްޑީޕީ އިން އެކަނި އިންތިހާބަށް ނިކުމެ އެއްލައްކައަށްވުރެ ގިނަ ވޯޓު ކާމިޔާބު ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެ އިންތިހާބުން ވެސް ބަލިވެ، އެ ހުރިހާ ރައްޔިތުންނާއެކު އެމްޑީޕީ މަގުމަތިވެގެން ދިޔަ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އޭގެފަހުން އުފެދިގެން ދިޔަ ވެރިކަމަކީ ރާއްޖޭގައި މިހާތަނަށް ދުށް އެންމެ އަނިޔާވެރި ވެރިކަން ކަމަށް ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއަހަރު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަންވީ އެ އަނިޔާވެރިކަމުން ސަލާމަތްވާން ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ