ރާއްޖެ ޑިމޮކްރަސީ އަށް ކުރި ދަތުރަކީ އެންމެ މީހެއްގެ މަސައްކަތެއް ނޫން ކަމަށް ވެލިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ވިދާޅުވެއްޖެއެވެ.
ނ. ވެލިދޫގައި މިރޭ ބޭއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު މޯޑު ވިދާޅުވީ އެމްޑީޕީ އަކީ ދިވެހި އެތައް ރައްޔިތުންތަކެއްގެ މިންނެތް މަސައްކަތް ކަމަށެވެ. "ދިވެހި ރާއްޖެ ޑިމޮކްރަސީ އަށް ކުރި ދަތުރު" ފޮތެއްގެ ސިފާގައި ލިޔުއްވި މެންބަރު މޯޑު ވިދާޅުވީ އެ ފޮތް ލިޔުއްވަމުން ގެންދެވިއިރު އޭނާ އަށް އެނގިގެން ދިޔައީ އެ މަސައްކަތަކީ އެންމެ މީހެއްގެ މަސައްކަތެއް ނޫންކަން ކަމަށެވެ.
"އެއީ އެތައް ބައެއްގެ ބޮޑު ގުރުބާނީއެއްކަން. ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތާއި ކަޅު ހުކުރުގެ އެއްވުމާއި އެންމެ ބޮޑު މުޒާހަރާއާ ގޭގޭގެ އެއްވުމާއި މިހެން ގޮސް އެތައް ކަންތައްތަކެއްގެ ނަތީޖާ ގޮސް ހުއްޓުނީ އާ ގާނޫނުއަސާސީ އަށް،" މޯޑު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އާ ގާނޫނު އަސާސީގެ ކުރިން އެމްޑީޕީ ރަޖިސްޓްރީވެގެން ދިޔައީ އެތައް ބަޔަކު ކުރި މިންނެތް މަސައްކަތުން ކަމަށެވެ. އެގޮތުން އެމްޑީޕީ ރަޖިސްޓްރީ ވެގެން ދިޔައީ އެމްޑީޕީ އަށްޓަކައި ރާއްޖެ އިސްލާހު ކުރުމަށްޓަކައި އަދި އޭރު އޮތް ނިޒާމު ބަދަލު ކުރުމަށްޓަކައި ކުރި މަސައްކަތުން ކަމަށް މޯޑު ވިދާޅުވިއެވެ.
އޭނާގެ ވާހަކަފުޅުގައި އޭރު އޮތް ބިރުވެރިކަމާއި ނާމާންކަން އިހުސާސް ކުރުމަކީ ވެސް މިއަދު އުނދަގޫ ކަމަކަށް ވެދާނެ ކަމަށް މެންބަރު މޯޑު ވިދާޅުވިއެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި