ފުލުހުން ހިންގި ޑުރަގު އޮޕަރޭޝަނެއްގައި 11 ކިލޯގެ ކެނަބިސްއާއެކު ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ އެ އޮޕަރޭޝަން ކުރިޔަށް ގެންގޮސްފައި ވަނީ މާލެ އާއި ހުޅުމާލޭގައި ކަމަށެވެ. އެގޮތުން އެ އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލޭގެ ހަތަރު ތަނެއް ބަލާ ފާސް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
https://twitter.com/M_Hameedh/status/1611959279925489665?s=20&t=coRzfmJYPtgYTQBaQBYWZA
ސީޕީ ވިދާޅުވި ގޮތުގައި އެ އޮޕަރޭޝަނުގައި 11.26 ކިލޯގެ ކެނަބިސް އަތުލައިގަނެވުނެވެ.
އެ އޮޕަރޭޝަނުގެ ތަހުގީގު ފެށިގެން ކުރިޔަށް ދާއިރު އެ އޮޕަރޭޝަނުގައި ޖުމްލަ ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ސީޕީގެ ޓްވީޓުގައި ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ