އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެވިއްޖެ ނަމަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާއިރު ރަނިން މޭޓަކަށް ވާނީ އައްޑޫ ސިޓީ އަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ އެމަނިކުފާނުގެ ރަނިން މޭޓަކަށް އައްޑޫ ބޭފުޅަކު ހަމަޖެއްސެވުމަށް ނިންމަވާފައިވާކަން އިއުލާން ކުރައްވާފައެވެ. އަދި ވިދާޅުވީ އެމަނިކުފާނު ބައްލަވާނީ ރަނިން މޭޓަކަށް ޒުވާން ބޭފުޅަކު ހަމަޖެއްސުމަށް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނު ހަމަޖައްސަވާ ރަނިން މޭޓާއެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"އަޅުގަނޑު ދެކެނީ ސިޔާސީ މަސައްކަތުގައި ޒުވާނުންގެ ހިއްސާ މިހާރަށް ވުރެ ބޮޑު ވާން ޖެހޭ ކަމަށް," ނަޝީދު ވިދާޅުވިއެވެ.
ދެހާސް ތޭރަވަނަ ރައީސް ނަޝީދު ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވިއިރު އެމަނިކުފާނުގެ ރަނިން މޭޓަކަށް ހުންނެވީ ޑރ. މުސްތަފާ ލުތުފީއެވެ. އެމަނިކުފާނަކީ ވެސް އައްޑޫ ސިޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.
ނަޝީދު ހުންނެވީ ޕްރައިމަރީ ކާމިޔާބު ކުރެއްވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއްގައެވެ. އެގޮތުން އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ޕްރައިމަރީ ކާމިޔާބު ކުރައްވާނީ ގާތްގަނޑަކަށް 60 ޕަސެންޓާއި 70 ޕަސެންޓާއި ދެމެދުގެ އަދަދަކަށް ވޯޓު ހޯއްދަވައިގެންނެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި