އައްޑޫ ސިޓީ އަށް ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމުގެ އިންޒާރު ދީފިއެވެ.
ގަނޑެއްގައި ލިޔެފައިވާ އެ އިންޒާރު ތަތް ކޮށްފައި ހުރީ މަރަދޫ ޔޫތް ސެންޓަރުގެ ބޭރުގައެވެ. އެ ލިޔުމުގައި އައްޑޫ ސިއްސުވާލާނެ ކަމަށާއި ލޭ އޮހޮރުވުމަކަށް ނުގޮސް އަމާންދިނުމަށް ވަނީ ގޮވާލައިފައެވެ. އަދި އައްޑޫ އިން ހައްޔަރުކުރި އަހުންތައް ދޫކޮށްލުމަށް އެ ލިޔުމުގައި ގޮވާލާފައިވާއިރު ލިޔުން ނިންމާލަމުން ބުނެފައި ވަނީ އެއީ އެންމެ ފަހުގެ އިންޒާރު ކަމަށެވެ.
އެކަމާއި ގުޅިގެން ފުލުހުން މިރޭ ބުނީ އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
މިފަދަ އިންޒާރެއް ދީފައިވާއިރު މިދިޔަ ނޮވެމްބަރު މަސް ތެރޭގައި ސަލާމަތީ ބާރުތަކުން ވަނީ ޓެރަރިޒަމް އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައެވެ. އެ އޮޕަރޭޝަން އައްޑޫ ސިޓީގައި ވެސް ކުރިޔަށް ގެންދިޔައެވެ. އަދި އެ ސިޓީގެ އެކި ތަންތަން ބަލާ ފާސްކޮށް ގިނަ އަދަދެއްގެ ބަޔަކުވެސް ހައްޔަރުކުރިއެވެ.
އެގޮތުން އެ އޮޕަރޭޝަނުގައި އައްޑޫ ސިޓީ އާއި މާލޭގެ އިތުރުން، ކ.ގުރައިދޫ އިން ޖުމްލަ 14 މީހަކު ފުލުހުން ހައްޔަރުކުރިއެވެ.
ފުލުހުން އޭރު ބުނީ އެ އޮޕަރޭޝަނަކީ ައްޑޫ ސިޓީގައި ހަރުކަށި ފިކުރު ގަބޫލުކުރާ ފަރާތްތަކުން ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓްއަށް ތާއީދުކޮށް، ގޮވާތަކެތި ބޭނުންކޮށްގެން ދިވެހިރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދީ، ގައުމީ ސަލާމަތަށް ނުރައްކާކުރުމަށް ރާވަމުންދިޔަކަމުގެ މައުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބުމާ ގުޅިގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކުރެވުނު މީހެއް ދިރިއުޅޭ ގެއެއް ބަލައިފާސްކޮށް ނެގުނު އެކްސްޕްލޯސިވް ކެމިކަލްކަ މަށް ޝައްކުކުރެވޭ ތިން ބާވަތެއްގެ ސާމްޕަލް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ގެ ފަރާތުން ޗެކްކުރުމުން އެ ސާމްޕަލްތަކުގައި ހައި އެކްސްޕްލޯސިވްގެ މާއްދާތައް ހިމެނޭކަން ދެއްކިއެވެ.
އެގޮތުން ސާމްޕަލްތަކުން ފެނުނު އެކްސްޕްލޯސިވްގެ ބާވަތްތަކަކީ މައިގަނޑު ގޮތެއްގައި ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރާ ހައި އެކްސްޕްލޯސިވްގެ ވައްތަރުތަކެއްކަމާއި، އެވައްތަރުތަކުގެ އެކްސްޕްލޯސިވްސްގެ މަދު މިންވަރަކުން އިންސާނުންގެ ފުރާނައާއި، މުދަލަށް ބޮޑެތި ގެއްލުން ދެވިދާނެ ކަމަށް އެމްއެންޑީއެފް އީއޯޑީގެ ފަރާތުން ފާހަގަކުރައްވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ