ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށް އެމްޑީ އަލަމްގީރް ނަމަކަށް ކިޔާ މީހަކާއެކު އެއްޖިއްސުން ގުޅުން ހިންގި މައްސަލާގައި ކްރިމިނަލް ކޯޓުން ހުކުމްކުރި ނާޒިމް ސައްތާރު، ހުކުމް ތަންފީޒުކޮށް މިނިވަންވެއްޖެއެވެ.
ނާޒިމްގެ މައްޗަށް ހުކުމް ކުރީ ތިން މަހާއި 26 ދުވަހަށް ގޭ ބަންދުގައި ބެހެއްޓުމަށެވެ. އެގޮތަށް ހުކުމް ކުރީ އޭނާ ކޯޓުގައި އަމިއްލަ އަށް އިއުތިރާފުވުމުންނެވެ.
ނާޒިމް އަށް ކުރި ދައުވާ އަކީ ބަދުއަހުލާގީ އަމަލެއް ހިންގުނުގެ ދައުވާއެވެ. އޭނާ ވަނީ ޝަރީއަތުގައި އެކުށް އޭނާ ކުރި ކަމަށް އެއްބަސްވެފައެވެ. އެހެންކަމުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހު އޭނާގެ މައްޗަށް ހުކުމްކުރިއެވެ.
އޭނާގެ ހުކުމް ތަންފީޒުކޮށް ނިމުނީ މިއަދުއެވެ. އެހެންކަމުން އޭނާ ވަނީ މިނިވަންވެފައެވެ.
ނާޒިމްގެ މައްޗަށް ހުކުމް ކުރިއިރު ކުރެވުނު ކުށަށް ތައުބާވެ ރައްޔިތުންގެ ކިބައިން ނާޒިމް ވަނީ މައާފަށް އެދިފައެވެ.
ނާޒިމް މީޑިއާތަކަށް ފޮނުވި ބަޔާނެއްގައި ބުނީ އޭނާ އަކީ އެ މައްސަލާގައި ކުއްވެރިއެއް ކަމަށެވެ. ހަމައެއާއެކު އެ މައްސަލައާ ގުޅިގެން އޭނާ ބްލެކްމެއިލްކޮށް ފައިސާ އަތުލަން ވެސް މަސައްކަތް ކޮށްފައިވާ ކަމަށް ވިކްޓިމްއެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.
މި މައްސަލާގައި ނާޒިމްގެ އިތުރުން އެމްޑީ އަލަމްގީރު އަދި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓުމަންޓުގައި މަސައްކަތް ކުރަމުން ދިޔަ އަބްދުއްރައޫފް އަށް ވަނީ ހުކުމް ކޮށްފައެވެ.
އެގޮތުން އަލަމްގީރު ހަތް މަހަށް އަދި ރައޫފް އެއް އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ.
ޔޫއޭއީ އަށް ރާއްޖޭން ކަނޑައަޅާފައިވާ ސަފީރު މުންދު މަގާމުން ވަކިކޮށްފި
ހަނގުރާމައާ ގުޅިގެން މިފްކޯގެ ތެޔޮ މަސްދަޅުގެ އަގު ބޮޑުކޮށްފި
ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ނަޖާހް މަގާމުން ވަކިކޮށްފި
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އަހުމަދު މުހައްމަދު
ފަސް ސިޓީގެ އަންހެނުން ކޮމެޓީގެ ރައީސާކަންވެސް އެމްޑީޕީއަށް
އުމްރާގެ އަޅުކަމަށް ރައީސްގެ ދެކަނބަލުން މާދަމާ ސައުދީއަށް