މިފަހަކަށް އައިސް ރާއްޖޭގައި ބޮޑެތި އަލިފާނުގެ ހާދިސާތައް ހިނގަމުން އަންނާތީ، އަލިފާނުގެ ހާދިސާތަކާއި ގުޅޭ ބޮޑު ތަހުގީގެއް ފުލުހުން ފަށައިފިއެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަހަކަށް އައިސް ރާއްޖޭގައި ހިނގަމުން އަންނަ އަލިފާނުގެ ހާދިސާތަކާ ގުޅޭ ބޮޑު ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
އެހެންނަމަވެސް ދައުލަތުގެ މީޑިއާ "ޕީއެސްއެމް ނިއުސް" އިން ސީޕީ ހަމީދާއި ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުގައި މީގެކުރިން ހިނގާފައި ހުރި އަލިފާނުގެ ބޮޑެތި ހާދިސާތައް ތަހުގީގު ކުރުމަށްޓަކައި ބޭރުގެ ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
https://twitter.com/M_Hameedh/status/1612275796793753600?s=20&t=mrQI8y6-CiQiyL5zX5t62w
ފަސޭހައިން މާލޭގައި އަލިފާނުގެ ހާދިސާތައް ހިނގާފާނެ ތަންތަނާއި މެދު މިހާރަށްވުރެ ސަމާލުވާން ޖެހޭ ކަމަށާއި އެފަދަ އަމަލެއް ގަސްދުގައި ކޮށްފާނެ ކަމަށް ބެލެވޭނަމަ އެ މައުލޫމާތެއް ލަސްނުކޮށް ހިއްސާ ކުރުމަށް ސީޕީ އެދިލައްވާ ކަމަށް އެ ނޫހުން ރިޕޯޓު ކޮށްފައިވެއެވެ.
މިފަދަ ބޮޑު ތަހުގީގެއް ފުލުހުން ފަށާފައިވާއިރު މިއަދު މާލޭ ނީލަން ފިހާރަ ސަރަހައްދުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި އެތަން އެއްކޮށްހެން ވަނީ އަނދާ ހުލިވެފައެވެ. އަދި އިއްޔެ ގދ. ފިޔޯރީ ސްކޫލް އިމާރާތެއްގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގާ އެތަން ވެސް ވަނީ އަނދާ ހުލިވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ