ނީލަން ފިހާރާގައި ރޯވި އަލިފާންގަނޑު މާލެ ސިޓީ ކައުންސިލްގެ ލޭބާ ކުއާޓާ އަށް ފެތުރި އެތަން އެއްކޮށް އަނދާ ހުލިވެ އެތަނުގައި ދިރިއުޅޭ ބިދޭސީން ހާލުގައި ޖެހިއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ނީލަން ފިހާރައިގާ މިއަދު ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން 250 ބިދޭސީން ހާލުގައި ޖެހިފައިވާ ކަމަށެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އަލިފާނުގެ ހާދިސާގެ ސަބަބުން ލޭބާ ކުއާޓާ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައިވާ ކަމަށެވެ. އަދި ރެއިންބޯ ކޮންސްޓްރަކްޝަންގެ ލޭބާ ކުއާޓާ އަށް ވެސް ދުމުގެ އަސަރު ކޮށްފައިވާތީ އެތަނުން ވެސް މީހުން ހުސް ކޮށްފައިވާ ކަމަށެވެ.
ރެއިންބޯ ކޮންސްޓްރަކްޝަންގެ ލޭބާ ކުއާޓާގައި 133 މީހުން ދިރިއުޅުނު ކަމަށާއި އެކުންފުނިން އެމީހުންނާއި ހަވާލުވެފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
މާލެ ސިޓީ ކައުންސިލްގެ ލޭބާ ކުއާޓާގައި ތިބި ބިދޭސީންނަށް އެހީވުމުގެ މަސައްކަތް ސިޓީ ކައުންސިލާއި ގުޅިގެން އެންޑީއެމްއޭ އިން ކުރަމުން އަންނަ ކަމަށް ބުންޏެވެ. އެގޮތުން އެމީހުންނަށް ވަގުތީ ހިޔާވަހިކަމާއި ކެއުންބުއިމުގެ ކަންކަން ހަމަޖައްސަމުން އަންނަ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
މީގެއިތުރުން އެމްޑަބްލިއުއެސްސީ އާއި އެސްޓީއޯ މެދުވެރިކކޮށް ބޯފެނާއި ލުއިކާނާ ހަދިޔާ ކޮށްފައިވާއިރު ސިޓީ ކައުންސިލްގެ ލޭބާ ކުއާޓާގައި ތިބި މީހުންނަށް އިވެކިއުއޭޝަން ސެންޓަރެއްގެ ގޮތުގައި އިމާދުއްދީން ސްކޫލު ބޭނުން ކުރަމުން އަންނަ ކަމަށްވެސް އެންޑީއެމްއޭ އިން މައުލޫމާތުދެއެވެ.
ނީލަން ފިހާރައިގައި ރޯވި މިއަދު ހެނދުނު 6 ޖަހަން އުޅެނިކޮށެވެ. ލަކުނޑި އާއި ދަގަނޑާއި ބައެއް ޕްލާސްޓިކުގެ ބާވަތްތައް ވެސް ހުންނަ ނީލަންފިހާރައިގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވުނު ކަމަށް ސަލާމަތީ ހިދުމަތްތަކުން ބުނީ މިއަދު ހެނދުނު 9 ޖެހިފަހުންނެވެ.
ނީލަން ފިހާރާގައި މިއަދު ރޯވި އަލިފާންގަނޑު ފެތުރި ސިޓީ ކައުންސިލްގެ ލޭބަ ކުއާޓާއެއްގައި ވެސް ވަނީ ރޯވެ، އަނދައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ