އަންނަ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރައްވާ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ކެމްޕެއިނުގައި ހަރަކާތްތެރިވުމަށްޓަކައި ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ރިޔާޒު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ރިޔާޒު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ ނާޒިމްގެ ކެމްޕެއިނުގައި އަމަލީ ގޮތުން ބައިވެރިވުމަށާއި ނާޒިމްގެ ކެމްޕެއިނަށް ވަގުތު ދިނުމަށްޓަކައި ޓްރާންސްޕޯޓުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ ކަމަށެވެ.
ދެހާސް އަށާރަވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އޭނާ އަށް އެ މަގާމު ދެއްވާ ސަރުކާރުގައި ހިދުމަތް ކުރުމަށް ދެއްވި ފުރުސަތަށްޓަކައި ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް ރިޔާޒުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
ރިޔާޒު އިސްތިއުފާ ދެއްވިއިރު ޓްރާންސްޕޯޓުގެ ސްޓޭޓު މިނިސްޓަރަކަށް އޭނާ ބަދަލުކުރެއްވީ ވަރަށް ފަހުންނެވެ. މީގެކުރިން އޭނާ ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.
ނަމަވެސް ރިޔާޒުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވުމުން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އޭނާ މަގާމުން ސަސްޕެންޑު ކުރެވުނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ