މި ދުވަސްވަރު އިރުމަތިން ޖެހެމުން އަންނަ ވައިގެ ސަބަބުން އުތުރާއި މެދު ރާއްޖެތެރޭގެ ވައި ނުސާފުވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
މެޓު އޮފީހުން ބުނީ ވައި ނުސާފުވުމުން ހަމަ ލޮލަށް ފެންނަ ދުރުމިން ވަރަށް ބޮޑަށް ދަަށަށް ގޮސްފައިވާ ކަމަށެވެ. ސާފު ދުވަހެއްގައި 10 ކިލޯ މީޓަރަށްވުރެ ދުރު ފެނުނު ނަމަވެސް ވޭތުވެދިޔަ 24 ގަޑިއިރު އެ މިންވަރު ހުރީ އެވްރެޖު ގޮތެއްގައި ހަތަރު ކިލޯ މީޓަރުގައި ކަމަށް މެޓުން ބުންޏެވެ.
މިދިޔަ މަހު މެޓު އޮފީހުން ބުނީ ހިމާލެޔަން ސަރަހައްދުގެ ހިރަފުހާއި ދުން ރާއްޖެ ސަރަހައްދަށް ފޯރަމުން ދާތީ އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް އެ ދުވަސްވަރު ވައި ނުސާފުވެ ދުރަށް ފެންނަ މިންވަރު ދަންވާނެ ކަމަށެވެ.
https://twitter.com/MetMaldives/status/1612464278182973440?s=20&t=avVv5zAf5_fyPmNVcxrFmg
ހުޅަނގު އިރުމައްޗަށް ވައި ބަދަލުވުމުން މިދާ ދުވަސްވަރު، ހިމާލެޔަން ސަރަހައްދުން ހިރަފުހާ ދުން ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް، ރާއްޖެއާ ހަމައަށް ފޯރަމުން އަންނަ ކަމަށް އޭރު މެޓު އޮފީހުން ބުންޏެވެ.
މިކަން ބޮޑަށް ފާހަގަވެފައި ވަނީ ޑިސެމްބަރު މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް ކަމަށްވެސް މެޓުން ބުންޏެވެ.
މި ހިރަފުހުގެ ސަބަބުން ހާއްސަކޮށް ނޭވާލާ ނިޒާމުގައި މައްސަލަތައް ހުންނަ ފަރާތްތަކަށް އުނދަގު ވެދާނެއެވެ. އަދި މިދުވަސްވަރު ވާރޭފެން ރައްކާކުރުމާއި ބޭނުން ކުރުމުގައި ސާފުތާހިރު ކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިއްމެވެ. ވައި ތަގައްޔަރުވުމުގެ ސަބަބުން ސްޓްރޯކް ޖެހުމާއި ކެންސަރަށް މަގުފަހިވާ ކަންކަން ދިމާވުން ހިމެނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ