ނީލަން ފިހާރާގައި ރޯވި އަލިފާންގަނޑު މާލެ ސިޓީ ކައުންސިލްގެ ލޭބާ ކުއާޓާ އަށް ފެތުރި އެތަން އެއްކޮށް އަނދާ ހުލިވެ އެތަނުގައި ދިރިއުޅޭ ބިދޭސީން ހާލުގައި ޖެހުމުން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ހާލުގައި ޖެހުނު ފަރާތްތަކަށް އެޗްޑީސީ އިން އެހީތެރިކަން ފޯރުކޮށްދީފައި މިވަނީ، ހާލުގައި ޖެހުނު ސިޓީ ކައުންސިލްގެ މުވައްޒަފުން ވަންނާނެ ތަނެއް އެ ކައުންސިލަށް ނުދެއްކުމުންނެވެ.
ސިޓީ ކައުންސިލުން ބުނީ ހާލުގައި ޖެހުނު މީހުން ވައްދާނެ ތަނެއް ހޯދުމަށް މަސައްކަތްތަކެއް ކުރި ކަމަށެވެ. އެކަމަކު އެއްވެސް ތަނެއް ސިޓީ ކައުންސިލަށް ލިބިފައި ނުވާ ކަމަށެވެ.
އެޗްޑީސީ އިން މިރޭ ބުނީ ނީލަން ފިހާރައިގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކް އަނދައި ހުލިވެ ހާލުގައި ޖެހުނު ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަން ސަރުކާރާއި ގުޅިގެން އެ ކޯޕަރޭޝަނުން ހުޅުމާލޭގައި ހަމަޖައްސައި ދީފައިވާ ކަމަށެވެ.
އެގޮތުން، އެކޮމޮޑޭޝަންގެ ގޮތުގައި ހަމަޖައްސައިދީފައި ވަނީ ހުޅުމާލެގައި ކުރިން ބޭނުންކުރަމުން އައި ކޮވިޑް ފެސިލިޓީގައި ކަމަށްވެސް އެޗްޑީސީ އިން ބުނެއެވެ.
އެތަނުގައި މިހާރު 160 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެވިފައިވާ ކަމަށްވެސް އެކޯޕަރޭޝަން އިން ބުނެއެވެ. އަދި އެތަނުގައި ފާހަނާކޮށް ފެންވެރޭނެ އިންތިޒާމްތައްވެސް ހަމަޖެހިފައިވެއެވެ.
ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ މުވައްޒަފުންގެ ކެއުން ބުއިން ހަމަޖައްސާނީ އެ ކައުންސިލްގެ ފަރާތުން ކަމަށެވެ.
ނީލަން ފިހާރައިގައި ރޯވި މިއަދު ހެނދުނު 6 ޖަހަން އުޅެނިކޮށެވެ. ލަކުނޑި އާއި ދަގަނޑާއި ބައެއް ޕްލާސްޓިކުގެ ބާވަތްތައް ވެސް ހުންނަ ނީލަންފިހާރައިގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވުނު ކަމަށް ސަލާމަތީ ހިދުމަތްތަކުން ބުނީ މިއަދު ހެނދުނު 9 ޖެހިފަހުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ