ދައުލަތުން ލަފާކުރި އަދަދަށްވުރެ ދައުލަތުގެ ރަސްމީ ރިޒާވް 200 މިލިއަން ޑޮލަރު އިތުރުވެފައިވާކަން މަރުކަޒީ ބޭންކު އެމްއެމްއޭ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.
ދައުލަތުން ލަފާކުރީ 2022ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 632 މިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ. އެހެންނަމަވެސް އެ އަދަދު ސަރުކާރުން އަންދާޒާކުރި މިންވަރަށްވުރެ ވަނީ އިތުރުވެފައެވެ. އެގޮތުން އަހަރު ނިމުނުއިރު އެ އަދަދު ހުރީ 827.7 މިލިއަން ޑޮލަރުގައެވެ.
ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މި ސަރުކާރުގެ ހަތަރު އަހަރަކީ ރަނގަޅު މިންވަރެއްގައި ރަސްމީ ރިޒާވް ހިފެހެއްޓުނު ހަތަރު އަހަރެވެ. އެގޮތުން އެވްރެޖު ގޮތެއްގައި 817 މިލިއަން ޑޮލަރުގައި ރިޒާވް ހިފެހެއްޓިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ ކުރީ ސަރުކާރާއި އަޅާ ބަލާއިރު 39 ޕަސެންޓުގެ އިތުރުވުމެކެވެ.
މިދިޔަ އަހަރު ރާއްޖޭގެ ރިޒާވް އެންމެ މައްޗަށް ދިޔަ ކަމަށް ތަފާސް ހިސާބުން ދައްކަނީ މިދިޔަ އަހަރުގެ މާޗު މަހުއެވެ. އެމަހު 862 މިލިއަން ޑޮލަރަށް އެރިއެވެ. އޭގެ ކުރީ އަހަރު ރާއްޖޭގެ ރިޒާވް އެއް ބިލިއަން ޑޮލަރަށް އެރިއެވެ. މިއީ ފުރަތަމަ ފަހަރަށް ރާއްޖޭގެ ރިޒާވް މިހާ މައްޗަށް ދިޔަ ފަހަރުކަން ތަފާސް ހިސާބުތަކުން އެނގެއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ރަސްމީ ރިޒާވް އެންމެ ބޮޑަށް ދަށަށް ގޮސްފައި ވަނީ 499.63 މިލިއަން ޑޮލަރަށެވެ. ނަމަވެސް ކުރީ ސަރުކާރުގައި 343.5 މިލިއަން ޑޮލަރަށް ރަސްމީ ރިޒާވް ވެއްޓުނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ