ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް ދޭއްގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން މީހަކަށް ހަމަލާދިން ކަމުގެ ރިޕޯޓު ރޭ 1:15 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެ މައުލޫމާތު ލިބުމާއެކު އެ ސަރަހައްދަށް ފުލުހުން ގޮސް އަނިޔާ ލިބުނު 26 އަހަރުގެ މީހާ ފުލުހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި އަނިޔާވީ ދިވެހި ފިރިހެނަކަށެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ