ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ހުޅުމާލެ އިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލޭގައި ދުއްވާފައި ދިޔަ ވޭނަކާއި މެދު ތުހުމަތު ކުރެވިގެން އެ ވޭން ބަލާ ފާސް ކުރުމުގެ ތެރޭގައި ބަނގުރާ ފުޅިތަކާއި ދަޅުތަކެއް ފެނިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ވަނީ ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި ފުލުހުން ހުއްޓުވި ވޭނަކީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ އާއިލީ ކުންފުނި ކަމަށްވާ އާރްސީސީގެ ވޭނެކެވެ.
ނާޒިމް ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ އާރްސީސީ ކުންފުނީގެ ވޭނެއްގެ ތެރެއިން ބަނގުރާ ފުޅިތަކެއްް ފެނުނު މައްސަލައަކީ އެ ކުންފުނިން ކަންބޮޑުވާ ކަމެއް ކަމަށެވެ. އެކަމާ ގުޅިގެން ކުންފުނީގެ އެތެރޭގެ ތަހުގީގެއްކޮށް ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
https://twitter.com/nazim7878/status/1613145270040268800?s=20&t=XB2yaYhQydlJZhTIiDAzrA
މީގެއިތުރުން ނާޒިމް ވިދާޅުވީ ދިވެހި ގާނޫނުތަކާއި ހިލާފު އެއްވެސް ކަމެއްް އާރްސީސީ އިން ނުކުރާނެ ކަމަށާއި އަދި އެފަދަ ކަމެއް ކުރުމަށް ހިތްވަރު ވެސް ނުދޭނެ ކަމަށެވެ.
ބޮޑުކުރި މަސްދަޅުގެ އަގު ކުރީގެ އަގަށް ތިރިކޮށްފި
ޔޫއޭއީ އަށް ރާއްޖޭން ކަނޑައަޅާފައިވާ ސަފީރު މުންދު މަގާމުން ވަކިކޮށްފި
ހަނގުރާމައާ ގުޅިގެން މިފްކޯގެ ތެޔޮ މަސްދަޅުގެ އަގު ބޮޑުކޮށްފި
ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ނަޖާހް މަގާމުން ވަކިކޮށްފި
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އަހުމަދު މުހައްމަދު
ފަސް ސިޓީގެ އަންހެނުން ކޮމެޓީގެ ރައީސާކަންވެސް އެމްޑީޕީއަށް