މާލޭގެ އަމީނީ މަގު ހެދުމުގެ މަސައްކަތުގެ ދަށުން ދެވަނަ ސެގްމަންޓުގެ މަސައްކަތުގެ ދަށުން ފެނާ ނަރުދަމާގެ މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ.
އާރްޑީސީން މިއަދު ބުނީ އަމީނީމަގުގެ ތިންވަނަ ސެގްމެންޓުގައި ފެނާއި ނަރުދަމާ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިންމާލުމަށްފަހު، މިހާރު ކުރިއަށްދަނީ ސްޓޯމް ވޯޓާ ނެޓްވޯކް އެޅުމާއި ކާބް ސްޓޯން ޖެހުމުގެ މަސައްކަތް ކަމަށެވެ.
އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ދެބަޔަކަށް ބަހާލައިގެން ކަމަށާއި އެގޮތުން ފުރަތަމަ ސެގްމަންޓުގައި ތާރު އެޅުން ފިޔަވާ ކުރަންޖެހޭ އެހެން ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށް އާރްޑީސީން ބުނެއެވެ.
އެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތިންވަނަ ދުވަހުއެވެ.
މި މަޝްރޫއުގެ ދަށުން 1.7 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ މަގުގައި ފެން ހިންދާ ނިޒާމު ގާއިމް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އެ މަގުގައި މަގުބައްތި ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އާރްޑީސީ އަށް ހަވާލު ކޮށްފައި ވަނީ 84.4 މިލިއަން ރުފިޔާ އަށެވެ.
މިހާތަނަށް މާލޭގެ ގިނަ މަގުތަކެއް އާއްމުން ގަޔާވާ ހިތްގައިމު ގޮތަކަށް ހަދާފައިވާ އާރްޑީސީން ބުނީ މާލޭގެ މަގުތައް ތަރައްގީ ކުރަނީ އެ މަގުތަކަކީ އާއްމުންނަށް ހިތްފަސޭހަ ވާނެ ގޮތަކަށް ކަމަށެވެ. އެގޮތުން އަމީނީ މަގުގައި ވެސް އެ ސިފަ ފެނިގެން ދާނެ ކަމަށް އެކުންފުނިން ބުންޏެވެ.
މީގެއިތުރުން މި މަޝްރޫއުގެ ސަބަބުން އެކިއެކި މަސައްކަތްތަކަށް މަގު ކޮންނަން ޖެހޭ މިންވަރު މަދުވެ، މަގުގައި ދުއްވާ އުޅަނދުތަކަށާއި ހިނގާ މީހުންނަށް އިތުރު ލުއިތަކެއް ލިބިގެން ދާނެ ކަމަށް އާރްޑީސީ އިން ބުނެއެވެ.
ބޮޑުކުރި މަސްދަޅުގެ އަގު ކުރީގެ އަގަށް ތިރިކޮށްފި
ޔޫއޭއީ އަށް ރާއްޖޭން ކަނޑައަޅާފައިވާ ސަފީރު މުންދު މަގާމުން ވަކިކޮށްފި
ހަނގުރާމައާ ގުޅިގެން މިފްކޯގެ ތެޔޮ މަސްދަޅުގެ އަގު ބޮޑުކޮށްފި
ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ނަޖާހް މަގާމުން ވަކިކޮށްފި
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އަހުމަދު މުހައްމަދު
ފަސް ސިޓީގެ އަންހެނުން ކޮމެޓީގެ ރައީސާކަންވެސް އެމްޑީޕީއަށް