"ތާސް ހުންނަނީނު، ތާހުގައި ބައިވަރު ތެޔޮ ހުންނަނީ. ދެން ވަރަށް ބޮޑަށް ހީޓުވެގެން ފަޔާ މައްޗަށް އަރައިގެން ދިޔައީ،" މިއަދު އިރުއޮއްސުނުހާއިރު އޯކިޑު މަގުގައި ހުންނަ "އީވްނިންގ ކެފޭ"ގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު ހިއްސާ ކުރަމުން އެތަނުގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 24 އަހަރުގެ މުހައްމަދު ޖަމްޝަމް ނަމަކަށް ކިޔާ އިންޑިއާ މީހަކު "ހަތާވީސް" އަށް ކިޔައިދިނެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި އިންޑިއާގެ ރެސްޓޯރަންޓުގައި އަލިފާނުގެ ހާދިސާ ހިނގައިގެން އެމްއެންޑީއެފް އަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު އިރުއޮއްސި 18:12ގައެވެ. އަލިފާން ނިއްވުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން މަސައްކަތް ކުރުމަށްފަހު އަލިފާންގަނޑު ކޮންޓްރޯލްވިކަން އެމްއެންޑީއެފް އިން ހިއްސާ ކުރީ 19:22 ހާއިރުއެވެ.
[caption id="attachment_46180" align="alignnone" width="2560"] އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވަނީ: ހަތާވީސް ފޮޓޯ / އާދަމް ނަޒީރު[/caption]
އަލިފާން އެންމެ ފުރަތަމަ ރޯވީ އެ ކެފޭގެ ބަދިގޭގެއެވެ. ޖަމްޝަމް ބުނީ އެވަގުތު އެތަނުގައި މާގިނަ މީހުންނެއް ނެތް ކަމަށެވެ. އެގޮތުން ތިން މީހުން ފިޔަވާ އެހެން މީހުން އެވަގުތު އެތަނުގައި ނެތް ކަމަށް އޭނާ ބުންޏެވެ.
"ބައެއް މީހުން ތިބެނީ މަތީގައި [އެކަމަޑޭޝަން ބްލޮކު]. އެއްވެސް މީހަކަށް އިންޖަރީ ނުވަނީ،" އޭނާ ބުންޏެވެ.
[caption id="attachment_46194" align="alignnone" width="1024"] އަލިފާން ރޯވިއިރު ބަދިގޭގައި އެވަގުތު ހުރި ޖަމްޝަމް އިންޓަވިއު ދެނީ: ހަތާވީސް ފޮޓޯ / އާދަމް ނަޒީރު[/caption]
އޭނާ ބުނީ ބަދިގޭގައި ހިފި އަލިފާންގަނޑު އެކޮމަޑޭޝަން ބްލޮކަށް ވެސް އެރި ކަމަށެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި އެތަން ވެސް ވަނީ ބޭނުން ކުރެވޭ ވަރަށް އަނދައިފައެވެ.
އަލިފާން ރޯވި ވަގުތު އެއްވެސް ވަރަކަށް ބިރުގަތްތޯ ސުވާލު ކުރުމުން ޖަމްޝަމް ބުނީ އެވަގުތު ކޮންމެވެސް ވަރަކަށް ބިރުގަތް ކަމަށެވެ. އެހެންނަމަވެސް މާ ގިނައިރުތަކެއް ނުވަ އަލިފާން ނިއްވާލެވި އަދި އެއްވެސް މީހަކަށް އެ ހާދިސާގެ ސަބަބުން ގެއްލުމެއް ނުލިބޭތީ ހިތްހަމަ ޖެހޭ ކަމަށް އޭނާ ބުންޏެވެ.
[caption id="attachment_46184" align="alignnone" width="2560"] އީވްނިން ކެފޭގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ކުރަނީ: ހަތާވީސް ފޮޓޯ / އާދަމް ނަޒީރު[/caption]
މަންޒަރުދުށް މީހުން ބުނާ ގޮތުގައި "އީވްނިންގ ކެފޭ" ގައި އަލިފާން ރޯވިއިރު އަލިފާން ނިއްވާލާނެ އެއްވެސް ވަސީލަތެއް އެތަނުގައި ނެތެވެ. އެމީހުންނަށް އެންމެ ފުރަތަމަ ވެސް އެހީތެރިކަން ފޯރުކޮށްދިނީ އޯކިޑު މަގުގައި ހުންނަ "ޑީބްލޫ މެރިން" ފިހާރައިންނެވެ.
"ކަން ދިމާކުރި ގޮތުން ހަމަ އިއްޔެގައި އަހަރެމެން ވެސް އަލިފާން ނިއްވާ ފުޅިތައް މި އާކުރީ،" އެ ފިހާރައިން "ހަތާވީސް"އާ ވާހަކަދެއްކި މީހަކު ބުންޏެވެ.
ނަވާރަ ސަތޭކަ އަޑިހަ ނުވަވަނަ އަހަރު މާލޭގައި ހުޅުވި "އީވްނިންގ ކެފޭ" އަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ތަނެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ