މިދިޔަ މަހު 300އަށްވުރެ ގިނަ ކައިވެނި ފެމެލީ ކޯޓުން ކޮށްދީފައިވާ ކަމަށް އެ ކޯޓުން ބުނެފިއެވެ.
އާއްމު ގޮތެއްގައި ޑިސެމްބަރު މަހަކީ ރާއްޖޭގައި އެންމެ ގިނައިން މީހުން ކައިވެނި ކުރާ އެއް މަހެވެ. ހާއްސަކޮށް އެ މަސް ތެރޭގައި ރީތި ތާރީހެއް އޮވެއްޖެ ނަމަ އެ ތާރީހެއްގައި ކައިވެނި ކުރާ މީހުންގެ އަދަދު ގިނައެވެ.
ފެމެލީ ކޯޓުން ބުނީ މިދިޔަ މަހު އެ ކޯޓުން 309 ކައިވެންޏެއް ކޮށްދިން ކަމަށެވެ. މިދިޔަ މަހު އެއް ދުވަހެއްގައި އެންމެ ގިނަ ކައިވެނި ކޮށްދީފައި ވަނީ 22/12/2022ގައި ކަމަށާއި އެ ދުވަހު 58 ކައިވެންޏެއް ކޮށްދީފައިވާ ކަމަށް އެ ކޯޓުން ބުންޏެވެ.
މިދިޔަ މަހު ފެމެލީ ކޯޓަށް ވަރީގެ 144 މައްސަލައެއް ހުށަހެޅިއެވެ. ނަމަވެސް އެ ކޯޓުުން މިދިޔަ މަހު ކޮށްދިނީ 94 ވަރިއެވެ. މިއީ މިދިޔަ މަހު ކުރި ކައިވެނިތަކުގެ އަދަދަށް ބަލާއިރު ނިސްބަތުން ދަށް އަދަދެކެވެ.
ވަރީގެ މައްސަލަތަކުގެ ތެރެއިން މިދިޔަ މަހު އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވަރިވުމަށް އެދި ހުށަހެޅި މައްސަލަތަކެވެ. އެގޮތުން މިދިޔަ މަހު 12 މައްސަލައެއް ހުށަހެޅިއެވެ. އަދި ނުނިމި 33 މައްސަލައެއް ހުރިއިރު ނޮވެމްބަރު މަހުގެ ތެރޭގައި ހުށަހެޅުނު މައްސަލަތަކުގެ ބާކީ މައްސަލަތަކުގެ 42 މައްސަލައެއް އޮތެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ