ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ޕްރައިމަރީ ކެމްޕެއިނަށް ސަރުކާރުން އެއްވެސް ހަރަދެއް ނުކުރާ ކަމަށާއި އަދި ސަރުކާރުގެ އެއްވެސް ވަސީލަތެއް ބޭނުން ނުކުރާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ރައީސާ ވާދަކުރައްވާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމުން އަންނަނީ ރައީސް ސޯލިހު ޕްރައިމަރީ ކެމްޕެއިނުގައި ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރާ ކަމަށް ތުހުމަތު ކޮށްފައެވެ. އަދި ރަސްމީ ދަތުރުފުޅުތަކުގައި ވެސް ކެމްޕެއިނުގައި އުޅުއްވާ ކަމަށް ތުހުމަތު ކުރެއްވިއެވެ.
ނަމަވެސް މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މިއުވާން ވިދާޅުވީ ރައީސްގެ ކެމްޕެއިނަށް ހަރަދު ކުރަނީ އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ކަމަށެވެ.
"އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގަ ރައީސުލްޖުމްހޫރިއްޔާ ކޮންމެ ތަނަކަށް ވަޑައިގަންނަވާ އިރު ވެސް އެ ހުންނަވަނީ. އެހެންވީމާ ރައީސް އަރިހުގައި އަބަދުވެސް ރައީސްއާ އެއްކޮށް ސެކިއުރިޓީ އަދި ސަޕޯޓް ޓީމު އޮންނާނެ،" މިއުވާން ވިދާޅުވިއެވެ.
ނަމަވެސް އެއްވެސް ފަރާތަކުން އެކަން ބަލަން ބޭނުންވާ ނަމަ ކަމާގުޅުންހުރި މުއައްސަސާތަކަށް އެ މައްސަލައެއް ހުށަހެޅުމަށް މިއުވާން ވަނީ ވިދާޅުވެފައެވެ.
"ދައުލަތުގެ ރިސޯސަސް ބޭނުންކޮށްގެން ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ނުކުރައްވާނެ،" މިއުވާން ވިދާޅުވިއެވެ.
މިއުވާން އެފަދައިން ވިދާޅުވިއިރު ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވެސް ވަނީ ކެމްޕެއިނަށް ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރުން ހުއްޓާލުމަށް ގޮވާލައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ