ނުރައްކާތެރި މާއްދާތަކެއް ހިމެނިފައި ވާތީ ކެއްސާތީ ކުޑަކުދިންނަށް ދޭ ބޭހަކަށް ސަމާލުވުމަަށް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެއެވެ.
އެމްއެފްޑީއޭ އިން މިއަދު ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ޔޫރަޕިއަން ރީޖަންގައި ދައުރުވަމުންދާ ކުޑަކުދިންނަށް ދޭ ސިރަޕްތަކުގައި، ސިއްހީ ނުރައްކަލަށް ހުށަހެޅިދާނެ މާއްދާއެއް ކަމަށްވާ، "ޑައިތްލީން ގްލައިކޯލް" އާއި "އެތްލީން ގްލައިކޯލް" ހިމެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ކަމަށެވެ.
އެ ބޭސްތަކަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ބޭސްތަކެއް ނޫނެވެ. އެހެންނަމަވެސް ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް އެ ބޭސް ރާއްޖެ އަށް އިމްޕޯޓް ވުމުގެ ފުރުސަތު އޮތްކަމަށް ވާތީ އެކަމަށް ސަމާލުވުމަށް އެމްއެފްޑީއޭ އިން ވަނީ އެދިފައެވެ.
އެ އޮތޯރިޓީ އިން ބުނީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކުރާއިރު ހާއްސަ ސަމާލުކަމެއްދީގެން ޕޯޓްތަކުގައި އެ އޮތޯރިޓީގެ ފަރާތުން ބަލައިފާސް ކުރަމުން ގެންދާނެ ކަމަށެވެ.
އަދި އެ ބޭސްތަކާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321އަށް ގުޅައި މަޢުލޫމާތު ހިއްސާ ކުރުމަށް ވެސް ވަނީ އެދިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ