މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށްޓަކައި އެއް މިލިއަން ރުފިޔާ މާލޭ ސިޓީ ކައުންސިލަށް ދީފައިވާ ކަމަށާއި އަދި އިތުރު ދެ މިލިއަން ރުފިޔާ ދޭން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް މިނިސްޓްރީން ދޫކުރި ފައިސާއާ ގުޅޭ ގޮތުން ސިޓީ ކައުންސިލުން މީޑިއާތަކުގައި ދައްކަމުން ގެންދާ ވާހަކަތަކާއި ގުޅިގެން މިއަދު އެ މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނުގައި ބުނީ މިސްކިތްތައް ބެލެހެއްޓުން ކައުންސިލްތަކަށް ހަވާލުކުރަން ނިންމުމާއި ގުޅިގެން 2020ވަނަ އަހަރު އެއް މިލިއަން ރުފިޔާ ސިޓީ ކައުންސިލަށް ދީފައިވާ ކަމަށެވެ.
މިސްކިތްތައް މަރާމާތުކޮށް ނިމުމުން މަސައްކަތްތައް ހިނގާދިޔަ ގޮތުގެ ތަފްސީލާއި ހިނގާދިޔަ ހަރަދުތަކުގެ ތަފްސީލު ހިއްސާ ކުރުމަށް ސިޓީ ކައުންސިލަށް އަންގާފައިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އެހެންނަމަވެސް ދެފަރާތުން އެއްބަސްވެފައިވާ ގޮތަށް އެކަމުގެ އެއްވެސް ތަފްސީލެއް ސިޓީ ކައުންސިލުން ހިއްސާ ކޮށްފައި ނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ބުނީ އެފައިސާ ބޭނުން ކޮށްފައިވޭތޯ ބެލުމަށް ސިޓީ ކައުންސިލަށް ގުޅުމުން އެ ފައިސާ ބޭނުން ކޮށްފައި ނުވާ ކަމަށް މިނިސްޓްރީ އަށް އެންގި ކަމަށެވެ.
އެ ފައިސާގެ އިތުރުން ރާއްޖޭގެ ހުރިހާ މިސްކިތްތަކެއް މަރާމާތު ކުރަން ކައުންސިލްތަކަށް އެހީވުމަށް މިސްކިތްތަކުގެ މަރާމާތަށް ހިނގާނެ ހަރަދު ފޯރުކޮށްދޭން 2021ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20ވަނަ ދުވަހު އަންގާފައިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އެގޮތުން ސިޓީ ކައުންސިލުން ފޮނުވި ތަފްސީލްތަކާއި ގުޅިގެން ދެ މިލިއަން ރުފިޔާ ދިނުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ނަމަވެސް އެފައިސާ ދިނުމަށް ނިންމާފައި ވަނީ މިސްކިތްތައް މަރާމާތު ކުރުމަށްފަހު ބިލާއި ކަމާ ގުޅުންހުރި ލިޔުންތައް ފޮނުވުމުން ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެކަމާއި ގުޅިގެން ސިޓީ ކައުންސިލުން އިތުރު މުއާމަލާތެއް ނުކުރާ ކަމަށްވެސް ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ