ސިޔާސީ ޚިޔާލު ތަފާތުވުމުން މަގުމަތިން އަނބިދަރިންނާ ދިމާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިފަދައިން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މިމަހު ބާއްވަން ނިންމާ، އެ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ސަޕޯޓަރުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ރައްދު ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ރޭ ވިދާޅުވީ މީޑިއާގައި ވެސް، އެހެން ގޮތަކުންވެސް އޭނާއާ ދިމާ ކުރެވިދާނެ ކަމަށެވެ. އަދި ސިޔާސީ ހިޔާލު ތަފާތުވުމުން މަގުމަތިން އަނބިދަރިންނާ ދިމާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކަން އެހެން ނުކުރުމަށް ކެމްޕެއިން ޓީމަށް އިލްތިމާސް ކުރެއްވީތީ ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
https://twitter.com/faya_i/status/1613952857425981440?s=20&t=dZWhT8MKnSdtQiyIPhM58w
އެމްޑީޕީގެ ގްރޫޕްތަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޕްރައިމަރީ ކާމިޔާބު ކުރާނީ އެމަނިކުފާނު ކަމަށާއި އެކަމަށްޓަކައި އެމަނިކުފާނުގެ ވަރަށް ބޮޑު އެދިލެއްވުމެއް ވެސް އެބައޮތް ކަމަށެވެ.
"އަޅުގަނޑު އެދެނީ އެއްވެސް ބޭފުޅަކު މިނިސްޓަރު ފަޔާ އާއި ފަޔާގެ ފެމިލީއާ ޒާތީކޮށް ދިމާނުކުރެއްވުމަށް،" ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދުގެ އިތުރުން ދެން ވާދަ ކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ދެ ބޭފުޅުން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުން އަންނައިރު ބަހުގެ ހަމަލާތައް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އަންނަނީ ރައްދު ކުރަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ