މި އަހަރުގެ ފުރަތަމަ 11 ދުވަހު ރާއްޖެ އަށް 59،071 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 14 ޕަސެންޓުގެ އިތުރުވުމެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް ޒިޔާރަތް ކޮށްފައި ވަނީ 51،816 ފަތުރުވެރިންނެވެ. އަދި އޭގެ ކުރީ އަހަރު ރާއްޖެ އައިސްފައި ވަނީ 33،544 ފަތުރުވެރިންނެވެ.
https://hathaavees.com/46165
ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރުގެ ފުރަތަމަ 11 ދުވަހު ރާއްޖެ އައި ފަތުރުވެރިން އެވްރެޖު ގޮތެއްގައި 8 ދުވަހު ރާއްޖޭގައި މަޑު ކުރާ ކަމަށެވެ. އެވްރެޖު ގޮތެއްގައި ދުވާލަކު 5,370 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރެއެވެ.
މި އަހަރު ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ ބޮޑު ޕަސެންޓެއް ހިއްސާ ކުރަނީ ރަޝިޔާ އިންނެވެ. އެއީ 18 ޕަސެންޓެވެ. އެގޮތުން އަހަރުގެ މިހާތަނަށް 10,697 ރަޝިޔާ ފަތުރުވެރިން ރާއްޖެ ވަނީ ޒިޔާރަތް ކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ