ކޮވިޑް19 ގެ ސަބަބުން އަޑިއަޅާލި ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖެހުމުން ރާއްޖެއިން އެކަމުގައި ހޯދި ފޯމިއުލާ އަކީ ކޮބައިތޯ ދުނިޔޭގެ އެހެން ގައުމުތަކުގެ ވެރިން ވިދާޅުވަމުން ގެންދަވާ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އައްޑޫ ސިޓީ އަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ޝާހިދު ވިދާޅުވީ ކޮވިޑް19 ގެ އާލަމީ ވަބާ ރާއްޖެ އަށް ކުރިމަތިވުމާއި ގުޅިގެން ރައީސް ސޯލިހު ވިދާޅުވި ބަސްފުޅު އަދިވެސް ހަނދުމަ އެބަހުރި ކަމަށެވެ. އެގޮތުން ދިވެހިން ބަނޑަށް ޖެހިޔަ ނުދީ އަދި އަސާސީ ބޭސްފަރުވާ ލިބޭނެ ގޮތަށް އެ ވަބާއިން ސަލާމަތްވާނެ ގޮތް ގޮތަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ޝާހިދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
އެކަން ދެއްކެވުމުގައި ރައީސް ދެއްކެވި ލާމަސީލު މިސާލަކީ ހަމަ ކޮންމެ ރެއެއްގެ 20:00ގައި އޮންލައިންކޮށް ބާއްވާ ބައްދަލުވުމުގައި ކާޑު ހުރި މިންވަރާއި ތެލުގެ ސާމާނާއި ހުރި މިންވަރު ރައީސް ސާފު ކުރައްވާ ކަމަށެވެ. އެ ބައްދަލުވުންތަކުގައި ބައެއް ފަރާތްތަކުން ތަރައްގީގެ މަޝްރޫއުތައް ހުއްޓާލުމަށް ރައީސަށް މަޝްވަރާ އެރުވި ކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންނަމަވެސް އެ ލަފާތަކަށް ރައީސް ވިދާޅުވީ ނޫނެކޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެގޮތުން ތަރައްގީގެ މަޝްރޫއުތައް ހުއްޓާލުމަކީ ރާއްޖޭގެ ބަނޑަށް ޖެހި ބަނގުރޫޓުވުމުގެ އަސްލު ކަމަށް ރައީސް އެ ބައްދަލުވުންތަކުގައި ވިދާޅުވި ކަމަށް ޝާހިދު ވިދާޅުވިއެވެ.
"އެނޫން ގޮތަށް މަސައްކަތްކުރި ގައުމުތައް ބަނގުރޫޓުވެގެން ގޮސްފައި އެބަހުރި. ރާއްޖެ ކިހިނެއްތޯވީ. ރާއްޖެއަކީ މިއަދު ފަހުރުވެރިކަމާއެކު މި ދަންނަވަނީ ދުނިޔެއަށް އޮތް މިސާލެއް. ދުނިޔޭގެ ގައުމުތަކުގެ ވެރިން ވިދާޅުވަނީ ކޮބައިހެއްޔޭ ކަލޭމެން ތި ހޯދި ފޯމިއުލާއަކީ،" ޝާހިދު ވިދާޅުވިއެވެ.
ކޮވިޑް ބަލީގައި ރާއްޖެ އޮތްއިރު ރާއްޖެ ބަނޑށް ޖެހިދާނެ ކަމަށާއި ބަނގުރޫޓު ވެދާނެ ކަމަށް އެތައް ބަޔަކު ބުނި ނަމަވެސް މިއަހަރު ރާއްޖޭގެ އިގްތިސޯދު 12 ޕަސެންޓު ކުރިއަރާނެ ކަމަށް ވޯލްޑްބޭންކުން ބުނެފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ