ހިނގަމުން މިދާ ރިޔާސީ ދައުރު ނިންމާފައި ގޭގައި ހުންނެވުމަކީ ފަސޭހަ ކަމެއް ކަމަށާއި ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށް ނުކުމެވަޑައިގެން ހުންނެވީ އެމްޑީޕީއަށްޓަކާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި މިއަދު މަރަދޫ ފޭދޫ އެމްޑީޕީ ޖަގަހައަށް ވަޑައިގެން، އެމްޑީޕީ އާންމު މެމްބަރުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ ދެ ވަނަ ފަހަރަށް "މަގުމަތިވުމަކީ" ސިޔާސީ ޕާޓީއަކަށް އަބަދުކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމަށެވެ.
"ވެނަ ފަހަރަށް މަގުމައްޗަށް ނުކުމެ، 6 އަހަރު 7 އަހަރު މަގުމަތީގައި އެހެން ތިބުމަކީ ސިޔާސީ ޕާޓީއަކަށް އަބަދު ކުރަން ހެޔޮވާވަރު ކަމެއް ނޫން. ރާއްޖޭގައި ސުލްހަޔާއި ހަމަޖެހުން ބޭނުންވަނީ ތަރައްގީއަށްޓަކާ ކުރަން ހުރި މަސައްކަތްތައް ކުރުމަށް،" ރައީސް ވިދާޅުވިއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ހަމައެކަނި އެމްޑީޕީގެ ތާއީދު އޮވެގެން ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެ އިންތިހާބު ކާމިޔާބު ކުރެވޭނީ ރައްޔިތުންގެ ތާއީދާއެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެމްޑީޕީއާއެކު އިތުރު އެހެން ބައެއްގެ ތާއީދުވެސް ހޯދަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ނޫން އިތުރު އެހެން މީހަކަށް އެކަން ކުރެވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
"ވަރަށް ފަސޭހަ އެއް ދައުރު ނިންމާލާފައި ގޭގައި ހުންނަން. އެއްވެސް ކަމެއް ނޫން. އަޅުގަނޑު މަޖިލީހުގައި 25 އަހަރު އުޅެފިން، ރިޔާސީ ދައުރެއް ނިމުނީ. ދެން ކީއްކުރަންތޯ. އެހެންނަމަވެސް ޕާޓީއަށްޓަކާ އަޅުގަނޑުމެން ވީ ވައުދުތައް ފުއްދުމަށްޓަކައި މިކަން ކުރަން އެބަޖެހޭ. މިކަން ކުރަން އޮތް ގޮތަކީ މި ދެންނެވިހެން ގިނަ ބައެއްގެ ތާއީދާއެކު މިކަން ކުރުން،" ރައީސް ވިދާޅުވިއެވެ.
އެމްޑީޕީ އިން ފެށުނީއްސުރެ ވެސް ވަކާލާތު ކުރަމުން އައީސް ސުލްހައާ ހަމަޖެހުން ރާއްޖެ އަށް ހޯދައި ދިނުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ 2008ވަނަ އަހަރު ވެރިކަމަށް އެމްޑީޕީ އައި ނަމަވެސް، އެއްވެސް ޕްލޭނެއް ނެތުމުން ކަންވެގެން ދިޔަ ގޮތް ދިވެހި ރައްޔިތުންނާއި ޙާއްސަކޮށް އެމްޑީޕީގެ މެންބަރުން ހަނދާނުގައި ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއަށްފަހު ވެސް ކަންކަން ވެގެން ދިޔަ ގޮތް ހަނދާން ހުންނާނެ ކަމަށާއި އެހެންކަމުން ހަ އަހަރު ހަތް އަހަރު މަގުމަތީގައި އުޅޭކަށް އެއްވެސް ރައްޔިތަކު ބޭނުން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ