އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ޖައިޝަންކަރު ރާއްޖެ އަށް ދަތުރު ކުރެއްވި މަތިންދާ ބޯޓު ޖެއްސެވީ ނ. މާފަރު އެއާޕޯޓުގައެވެ. މާފަރު އެއާޕޯޓުން ޖައިޝަންކަރަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު ޝާހިދެވެ. މިއީ ދެ ދުވަހުގެ މުއްދަތަކަށް ޖައިޝަންކަރު ރާއްޖެ އަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އިންޑިއަން ލައިން އޮފް ކްރެޑިޓްގެ ދަށުން އަޅަމުންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ޖައިޝަންކަރު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
[caption id="attachment_46432" align="alignnone" width="1280"] އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ރާއްޖެ ވަޑައިގަތުން -- ފޮޓޯ / ފޮރިން މިނިސްޓްރީ[/caption]
އަދި މިދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު ޝާހިދުއާ ވެސް ބައްދަލުކުރައްވާނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުފުޅުގެ ތެރެއިން އިންޑިއާއާއި ރާއްޖެއާ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެވިގެންދާނެ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ