ކޮވިޑް19އާ ގުޅިގެން، ރާއްޖެއަށް ޗައިނާއިން އަންނަ ފްލައިޓުތައް މަޑުޖެހިފައި އޮތުމަށްފަހު، އެގައުމުން މިއަދު ރާއްޖެ އަށް ދަތުރުތައް ފަށައިފިއެވެ.
ޗައިނާގެ ފަތުރުވެރިންނާއެކު ޗައިނާގެ ވެރި ރަށް، ބެއިޖިންގެ ކެޕިޓަލް އެއާލައިންސް އިން މިއަދު ވަނީ ރާއްޖެ އައިސްފައެވެ. މި ބޯޓުން 198 ފަތުރުވެރިން އައިސްފައިވެއެވެ.
އެމްއޭސީލުން ބުނީ މި މަހުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ބެއިޖިން ކެޕިޓަލްގެ ހަތަރު ފްލައިޓު 300 ވުރެ ގިނަ ޖާގަޔާ އެކު ރާއްޖެ އަންނާނެ ކަމަށެވެ.
މި މަހުގެ ފަހުކޮޅުން ފެށިގެން ކޮންމެ ހޮނިހިރު ދުވަހަކު ޗައިނާ އީސްޓަން އެއަރލައިން 200 ފަސިންޖަރުންނަށް ވުރެ ބޮޑު ޖާގަޔަކާ އެކު ރާއްޖެ އަންނާނެ ކަމަށްވެސް ބުންޏެވެ.
އަދި ހޮންކޮން އެއާލައިނުން ވެސް މި މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް ކޮންމެ ހަފްތާއަކު ތިން ފްލައިޓް އަޅާނެ ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ. އެއިން ކޮންމެ ފްލައިޓަކުން ވެސް 292 ފަސިންޖަރުންގެ ޖާގަ ހުންނާނެއެވެ.
ވިޒިޓް މޯލްޑިވްސްގެ ފަރާތުން މިއަދު ވަނީ ރާއްޖެ އައި ޗައިނާގެ ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. ޗައިނާގެ ފަތުރުވެރިންނަށް މަރުހަބާ ދެންނެވުމަށް ޓޫރިޒަމް މިނިސްޓަރު މައުސޫމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މައުސޫމް ވިދާޅުވީ ޗައިނާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު މާކެޓު ކަމަށެވެ. ގިނަ އަހަރުތަކަކަށް ފަހު ޗައިނާގެ ފަތުރުވެރިން އައުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ދިރުމެއް ލިބިގެން ދާނެ ކަމަށް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ