އެމްޑީޕީގެ ޕްރައިމަރީ ކެމްޕެއިނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ލ. އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް ސޯލިހު މިހާރު ހުންނެވީ ކެމްޕެއިނަށް އުތުރުގައެވެ. ޕްރައިމަރީ ކެމްޕެއިނަށް އެމަނިކުފާނު އުތުރުގެ ރަށްތަކަށް ވަޑައިގަތީ މިމަހުގެ 17ވަނަ ދުވަހުއެވެ. އެމަނިކުފާނު ވަނީ މި ދަތުރުފުޅުގައި ބޮޑު ތިލަދުންމަތީގެ ރަށްތަކަށް ވެސް ވަޑައިގެންފައެވެ.
މިހާރު އެމަނިކުފާނު އުޅުއްވަނީ ށ. އަތޮޅުގައެވެ. އެގޮތުން މިއަދު އެ އަތޮޅުގެ ތިން ރަށަކަށް ރައީސް ވަޑައިގަންނަވާނެއެވެ. އެއީ ށ. ކަނޑިތީމާއި މިލަންދޫ އަދި ފުނަދޫއެވެ.
އެ ތިން ރަށްތަކުގެ ތެރެއިން އެންމެ ފަހު މަންޒިލަކީ ފުނަދޫއެވެ. އެރަށުން ރައީސް ދެން ވަޑައިގަންނަވާނީ ލ. އަތޮޅަށެވެ. ރައީސް ސޯލިހުގެ ކެމްޕެއިން ޓީމުން ބުނީ މިރޭގެ އިރުއޮއްސޭހާއިރު ރައީސް ލ. އަތޮޅަށް ވަޑައިގަންނަވާނެ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮތީ މިމަހުގެ 28ވަނަ ދުވަހުއެވެ. މި ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވަނީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދުއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ