މި ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ ފްލެޓުތަކުގެ އެތެރެ ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހަވީރު ވަނީ އެ ފްލެޓުތައް ބައްލަވާލެއްވުމަށް ވަޑައިގެންފައެވެ. ރައީސް އޮފީހުން އާއްމު ކޮށްފައިވާ ބައެއް ފޮޓޯތަކުން ބައެއް ފްލެޓުތަކުގެ މަސައްކަތް މިހާރު ހުރީ އެއްކޮށްހެން ނިމިފައެވެ.
[caption id="attachment_46529" align="alignnone" width="1280"] މި ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ ފްލެޓުތަކުގެ ތެރެއިން މިހާރު މަސައްކަތް ނިމިފައިވާ ފްލެޓެއް ރައީސް ސޯލިހު ބައްލަވާލައްވަނީ: ފޮޓޯ / ރައީސް އޮފީސް[/caption]
އެގޮތުން ކޮޓަރިތަކުގައި ބެޑްރޫމް ސެޓުތައް ރާވާފައި ހުރިއިރު ބަދިގޭގައި އުނދުން ބަހައްޓައި ކާ މޭޒު ފަދަ އެއްޗެހި ވެސް ވަނީ އަތުރާފައެވެ.
[caption id="attachment_46530" align="alignnone" width="1280"] މި ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ ފްލެޓުތަކުގެ ތެރެއިން ނިމިފައިވާ ފްލެޓެއްގެ ކޮޓަރިއެއް: ފޮޓޯ / ރައީސް އޮފީސް[/caption]
ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް އަޅާ އެ ފްލެޓުތަކުގެ ތެރޭގައި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 500 އެޕާޓްމަންޓާއި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1500 އެޕާޓްމަންޓު އިމާރާތް ކުރެވިގެން ދާނެއެވެ.
އެ މަޝްރޫގެ ކޮންސްޓްރަކްޝަން މަސައްކަތް ހަވާލު ކުރެވިފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑް އާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާއެވެ. އެ ދެ ކުންފުންޏަކީ ޕްރޮޖެކްޓް މެނޭޖްމަންޓް، ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް މަސައްކަތްކުރުމުގެ ތަޖުރިބާ އިންޑިއާ އަދި ބޭރުގެ އެހެން ގައުމުތަކުގައި ވެސް ލިބިފައިވާ ކުންފުނިތަކެކެވެ.
[caption id="attachment_46532" align="alignnone" width="1280"] މި ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ ފްލެޓުތަކުގެ ތެރެއިން ނިމިފައިވާ ފްލެޓެއް: ފޮޓޯ / ރައީސް އޮފީސް[/caption]
އަތް ފޯރާފަށުގައި ގޯތިގެދޮރު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ރައީސް ސޯލިޙްގެ ސަރުކާރުން ވަރަށް އިސްކަމެއްދެއްވާކަމެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ