އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ފުވައްމުލަކު އެއާޕޯޓަށް ރައީސް ފައިބައިވަޑައިގެންނެވުމާ އެކު، އެމަނިކުފާނަށް އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އަދި ފުވައްމުލަކު ސިޓީގެ މޭޔަރާއި މި ސިޓީގެ އެމްޑީޕީ މަޖިލިސް މެމްބަރުންނާއި އެމްޑީޕީގެ އިސް ބައެއް ބޭފުޅުންން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓު ސަރަހައްދަށް ޖަމާވިއެވެ.
https://twitter.com/MDPKuriah/status/1616769144611024896?s=20&t=xYklsXhccUohUaGyZW-RcA
ރައީސަށް މަރުހަބާ ދެންނެވުމަށް ފުވައްމުލަކު އެއާޕޯޓަށް އެމްޑީޕީ ގިނަ އަދަދެއްގެ ސަޕޯޓަރުން ޖަމާވިއެވެ. އެގޮތުން ކުދިބޮޑު ގިނަ ބަޔަކު އާއިލާއާ އެކު ވެސް އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ، އެމަނިކުފާނާއެކު ފޮޓޯ ނެންގެވިއެވެ.
ރައީސް ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާދަމާ ހުވަދު އަތޮޅަށް ފުރައިވަޑައިގަންނަވާނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ