ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީ ރިޔާސީ ޕްރައިމަރީން ހޯއްދަވާ ކާމިޔާބުގެ ހިއްސާ ބޮޑުކޮށްދެއްވުމަށް ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ) އެ ސިޓީގެ ރައްޔިތުން އަރިހުން އެދިވަޑައިގެންފިއެވެ.
"އަޅުގަނޑުމެން ކޮށްދޭން ޖެހޭ ކަމަކީ ފުވައްމުލަކުގެ ހިއްސާ ބޮޑުކުރުން. ވިހާވެސް ބޮޑުކޮށް އިންތިހާބު ކާމިޔާބުކުރަން" ފުވައްމުލަކުގައި ހުންނަ ރައީސް ސޯލިހުގެ ކެމްޕޭނު އޮފީސް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދޮންބެ ވިދާޅުވިއެވެ.
ދޮންބެ ވިދާޅުވީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ފުވައްމުލަކު ރައްޔިތުން ވާނީ ހިއްސާ ބޮޑު ކޮށްދީފައި ކަމަށެވެ. މިހާރު މަޖިލީހުގައި ފުވައްމުލަކު ތަމްސީލު ކުރައްވާ ހުރިހާ މެމްބަރުންނަކީ ވެސް ވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނެވެ. އެ ހުރިހާ މެމްބަރުން ވެސް ތާއިދު ކުރައްވަނީ ރައީސް ސާލިހަށެވެ.
ދޮންބެގެ ވާހަކާގައި މި ސަރުކާރުގައި ވެސް އެ ސިޓީގެ ހިއްސާބޮޑު ކަމަށް ވިދާޅުވިއެވެ. ދޮންބެ އެ އިޝާރާތްކުރެއްވީ ސަރުކާރުގެ އިސް މަގާމުތައް އަދާކުރައްވާ ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނަށެވެ. ނައިބް ރައީސް ފައިސަލް ނަސީމާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒަހިރާއި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދަކީ ވެސް ފުވައްމުލަކު ބޭފުޅުންނެވެ.
"ކުރިއަށް އޮތް ތަނުގައި އުފެދޭ ސަރުކާރެއްގައި ފުވައްމުލަކުގެ ދައުރު ވީހާވެސް ބޮޑުކޮށް އޮތުން" ދޮންބެ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަން ކުރެވެނީ މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީ ޕްރައިމަރީގައި ރައީސް އިންތިހާބުކޮށްގެންނެވެ. އެެހެންވެ ފުވައްމުލަކުން ރައީސަށް ޕްރައިމަރީ ނަގައިދޭން އެ ރަށު އެމްޑީޕީ މެމްބަރުން އަރިހުން ދޮންބެ އެދިވަޑައިގެންނެވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ