ގދ. ތިނަދޫ ސިޓީ އަކަށް ބަދަލު ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއްވެސް ސަރުކާރުން ގާއިމް ކުރައްވާނެ ކަމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޕްރައިމަރީގެ ކެމްޕެއިނުގައި ގދ. ތިނަދޫ އަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން ތިނަދޫ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައެއް ހައްލެއް ހޯދުމަށްޓަކައި އެރަށުގައި 100 ހައުސިން ޔުނިޓު އެޅުމަށް ނިންމި ކަމަށެވެ. ނަމަވެސް އެ އަދަދު މިހާރު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން 200 ހައުސިން ޔުނިޓަށް އެ އަދަދު ބަދަލުކޮށް، ހިއްކި ސަރަހައްދުން ގޯތި ދޫކުރުމަށް ވެސް ނިންމާފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ހައުސިން ޔުނިޓު އިތުރު ކުރުމަށްޓަކައި ހައުސިން މިނިސްޓަރު މިހާރު އެ ގެންދަވަނީ މަސައްކަތް ކުރައްވަމުން. ތިބޭފުޅުންނަށް މިހާރު ލިބިފައިވާ 200 ހައުސިން ޔުނިޓުގެ އިތުރަށް ތިބޭފުޅުންނަށް އެކަން ފަހިވެގެން ދާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ތިނަދޫގައި ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުތައް ފާހަގަކުރެއްވިއެވެ، އެގޮތުން ތިނަދޫގެ މަގުތައް ހެދުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި ފެން ހިންދާ ނިޒާމުވެސް ގާއިމް ކުރެވެމުން އަންނަ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ތިނަދޫ އިންޖީނުގެ އެޅުންވެސް ކުރިޔަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެހެންކަމުން ތިބޭފުޅުން ވިސްނަވަންވީ ޕާޓީ ތެރޭގައި 28 ޖެނުއަރީގައި އޮތް ޕްރައިމަރީގައި ވޯޓު ލައްވާއިރު މި މަސައްކަތްތަކައިގެން އަޅުގަނޑުމެން ކުރިޔަށް ދާނީތޯ ނޫނިއްޔާ ދާގޮތަށް ގޮސް، މަގުމަތިވެ މަޑުޖެހިފައި ތިބޭނީތޯ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވަނީ ތިނަދޫ އަށް ސަރުކާރުން ގެނައުމަށް ނިންމާފައިވާ ތަރައްގީގެ އިތުރު މަޝްރޫއުތަކުގެ ވާހަކަތައް ވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން އެރަށަށް ބައިނަލްއަގުވާމީ ޕޯޓެއް އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރިޔަށްދާ ކަމަށާއި މިހާރު އެރަށުގައި ހުރި ހޮސްޕިޓަލު ތަރައްގީ ކުރުމުގެ އިތުރުން މުޅިން އާ ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ކުރިޔަށް ދާނެ ކަމަށް ވިދާޅުވިއެވެ.
"މި އިންތިހާބަށްފަހު ލަސްތަކެއް ނުވެ މިރަށް ސިޓީއަކަށް ބަދަލުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވާން އަޅުގަނޑު އަންނާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ބޮޑެތި ރަށްރަށް ތަރައްގީ ކުރާއިރު ކުދި ރަށްރަށަށް ވެސް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އަދި ކުދި ރަށްރަށަށް ތަރައްގީ ގެންނައިރު ބޮޑެތި ރަށްރަށަށް ހުރި ކަންކަން ފަހަތަށް ނުޖައްސަވާނެ ކަމަށާއި ހުރިހާ ރަށެއްވެސް ތަރައްގީ ކުރާނީ އެކުއެކީގައި ކަމަށް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ