އެމްޑީޕީ ޕްރައިމަރީ ކެމްޕެއިނަށް ގއ. ވިލނގިއްޔަށް ވަޑައިގަތުމާއެކު އިހުސާސް ކުރެވިގެން ދިޔައީ ޕްރައިމަރީ އެމަނިކުފާނަށް ކާމިޔާބު ކުރެވިއްޖެ ކަމުގެ އިހުސާސް ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދެކުނުގެ ތިން އަތޮޅަކަށް ރައީސް ސޯލިހު އިއްޔެ ފެއްޓެވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލަކީ ވިލިނގިއްޔެވެ. މިއަދު ހަވީރު ވިލިނގިއްޔަށް ވަޑައިގެންނެވުމުން، މަރުހަބާ ވިދާޅުވީ މި ދާއިރާގެ މެންބަރު ސައުދު ހުސައިންނާއި އެ ދާއިރާގެ އެމްޑީޕީ އިސް ބޭފުޅުންނެވެ.
[caption id="attachment_46659" align="alignnone" width="1280"] ރައީސް ސޯލިހަށް މަރުހަބާ ދެންނެވުމަށް ވިލިނގިލި ބަނދަރު ސަރަހައްދަށް މީހުން ޖަމާވެފައި: ހަތާވީސް ފޮޓޯ / ހުސައިން ހަސަން[/caption]
އެމަނިކުފާނަށް މަރުހަބާ ވިދާޅުވުމަށް ވިލިނގިލީ ބަނދަރު ސަރަހައްދަށް ގިނަ ބަޔަކު ޖަމާވިއެވެ.
ވިލިނގިއްޔަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ޕްރައިމަރީ ކެމްޕެއިނުގައި އެމަނިކުފާނު ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ. އަދި މިއަދު ވިލިނގިއްޔަށް ވަޑައިގަތުމުން އިހުސާސް ކުރެވުނީ ޕްރައިމަރީ އެމަނިކުފާނަށް ކާމިޔާބު ކުރެވިއްޖެ ކަމުގެ އިހުސާސް ކަމަށްވެސް ވިދާޅުވިއެވެ.
"ވިލިނގިއްޔަށް ފޭބުމުން އަޅުގަނޑަށް އަނެއްކާވެސް އިހުސާސް ކުރެވުނީ މިކަން ނިމިއްޖެއޭ. ނިމިއްޖެ، ނިމިއްޖެ، ނިމިއްޖެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
[caption id="attachment_46656" align="alignnone" width="1024"] އެމްޑީޕީ ޕްރައިމަރީ ކެމްޕެއިނަށް ރައީސް ސޯލިހު ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ / ރައީސް ސޯލިހު ކެމްޕެއިން ޓީމް[/caption]
ރައީސް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު އޮންނަ ޕްރައިމަރީ އެމަނިކުފާނު ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށާއި އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.
ފުވައްމުލަކު ސިޓީ އާއި ގދ. ތިނަދޫގެ އިތުރުން ގއ. ވިލިނގިއްޔަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އެނބުރި މާލެ ވަޑައިގަންނަވާނީ މިރެއެވެ.
 
		 
										
										 
		 
		 
		 ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި
														
							
								ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި								 ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް އަންހެން މީހާ ފެނިއްޖެ
														
							
								ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް އަންހެން މީހާ ފެނިއްޖެ								 ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ވަގަށް ނެގި ޑޮލަރުތައް ހޯދައިފ
														
							
								ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ވަގަށް ނެގި ޑޮލަރުތައް ހޯދައިފ								 އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
														
							
								އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި								 ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
														
							
								ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ								 އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
														
							
								އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން								