ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯ އިން މިއަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށް، "އެސްޓީއޯ ރަމަޟާން ބާޒާރު" ފަށައިފިއެވެ.
އެސްޓީއޯ ރަމަޟާން ބަޒާރު ސޭލަކީ ކަސްޓަމަރުންގެ މެދުގައި އެންމެ މަގްބޫލް އެއް ސޭލެވެ. އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޟާން ބަޒާރުގައިވެސް ހިތްގައިމު ޑިސްކައުންޓް ތަކެއް އެކުލެވިގެންވާނެ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
މިއަހަރުގެ ރަމަޟާން ބާޒާރުގައި އެސްޓީއޯ އިން ބޭނުން ކުރާނީ ތިމާވެއްޓާއި ރައްޓެހި ޑިޖިޓަލް ކޫޕަނެކެވެ.
[caption id="attachment_46675" align="alignnone" width="1600"] އެސްޓީއޯ ރަމަޟާން ބާޒާރު ފެށުމުގެ ގޮތުން އެސްޓީއޯ ޕީޕަލް ޗޮއިސްގައި ކުރިޔަށް ގެންދިޔަ ހަފްލާގެ ތެރެއިން: ފޮޓޯ / އެސްޓީއޯ[/caption]
މިއަދުން ފެށިގެން އަންނަ އޭޕްރީލް މަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯ ޕީޕަލް ޗޮއިސްގައި ރަމަޟާން ބާޒާރު ކުރިޔަށް ދާނެއެވެ. އަދި އެސްޓީއޯ މަކިޓާ ޝޯ ރޫމުގައި ރަމަޟާން ބާޒާރު ކުރިޔަށް ދާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޭޕްރީލް 29ވަނަ ދުވަހަށެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ކުރައްވާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެން ދާނެއެވެ. އެސްޓީއޯ މަކިޓާ ޝޯރޫމް އިން ކުރައްވާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ވެސް ކޫޕަނެއް ލިބިގެން ދާއިރު ނިޕޯން ޝޯރޫމުން ކުރައްވާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެން ދާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
[caption id="attachment_46674" align="alignnone" width="1600"] އެސްޓީއޯ ރަމަޟާން ބާޒާރު ފެށުމުގެ ގޮތުން އެސްޓީއޯ ޕީޕަލް ޗޮއިސްގައި ކުރިޔަށް ގެންދިޔަ ހަފްލާގެ ތެރެއިން: ފޮޓޯ / އެސްޓީއޯ[/caption]
މި ޕްރޮމޯޝަންގައި ހުރިހާ އައުޓްލެޓް ތަކުން ނަސީބުވެރި އެއް ފަރާތް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ނަސީބުވެރި ފަރާތަށް ލިިބިވަޑައިގަންނަވާ އިނާމަކީ ދެ މީހަކަށް އުމްރާ ދަތުރެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ