އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަކީ މުޅި ރާއްޖެ ވިއްކާލުމުގެ ނިޔަތުގައި ތިބި ބައެއް ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ކ. ގުރައިދޫ އަށް ވަޑައިގެން ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ކ. އަތޮޅުގެ ރަށްތަކަކީ މާލެ ސަރަހައްދާއި ފުރިހަމަ އަށް ގުޅި ލާމެހިފައިވާ ރަށްތަކެއް ކަމަށެވެ. އެ ރަށްތަކަކީ މާލެ ސަރަހައްދުގެ ތަސައްވަރާއި ގުޅިފައިވާ ރަށްތަކެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެ ރަށްރަށަށް މިހާރު ވެސް އަންނަމުންދާ ތަރައްގީ ކުރިޔަށް ގެންދިއުމަށްޓަކައި ރައީސް ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ އެމްޑީޕީގެ ޕްރައިމަރީ އަކީ އާދަޔާ ހިލާފަށް މިފަހަރު މުހިއްމު އިންތިހާބެއް ކަމަށް ވިދާޅުވެފައެވެ.
"ދެން ހުންނެވި ކެންޑިޑޭޓަށް ފުރުސަތު ދެއްވައިފި ނަމަ އެއީ ޕީޕީއެމްގެ އަނިޔާވެރި ޖައްބާރު ވެރިކަމަށް އަނެއްކާވެސް ފުރުސަތު ލިބިގެން އެ ދަނީ. ތިބޭފުޅުން ތިބެން ޖެހޭނީ އަނެއްކާވެސް ގުރައިދޫގައި ބަންދުވެގެން. ގުރައިދޫގެ ބިންވެސް ވިއްކާލާނެ ބޭރުގެ މީހުންނަށް ގުރައިދޫގެ ބަނދަރުވެސް ވިއްކާލާނެ ބޭރުގެ މީހުންނަށް،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ޕީޕީއެމް/ޕީއެންސީ އަށް ފުރުސަތު ނުދެއްވުމަށް އެދިވަޑައިގެންފައެވެ. އެޕާޓީއަށް ފުރުސަތު ލިބިގެންދާ ހަމައެކަނި ގޮތަކީ އެމްޑީޕީ އެތެރޭގެ އިންތިހާބަށް އަތްބާނައިގެން ކަމަށް ޝާހިދު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ