އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޕްރައިމަރީ ކެމްޕެއިނަށް އައްޑޫ ސިޓީ އަށް ވަޑައިގަތުމުން މާބޮޑު ތަރުހީބެއް ނުލިބުނެވެ.
ނަޝީދު އެމްޑީޕީ އަށް ވަޑައިގަތުމުން ގަން އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދާއި އެމްޑީޕީގެ ބައެއް ކައުންސިލަރުންނެވެ.
އައްޑޫގެ އެކި ރަށްތަކަށް ނަޝީދު ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ މި ދަތުރުގައި ނަޝީދު ހިތަދޫ އަށް ވަޑައިގެން ސަޕޯޓަރުންނާއި ބައްދަލުކުރެއްވިއެވެ.
ހިތަދޫ ހިރާ ސްކޫލް ކުރިމަތީގައި އޮންނަ ހުސް ބިމުގައި ނަޝީދު ސަޕޯޓަރުންނާއި ބައްދަލުކުރެއްވިއިރު އެ ސަރަހައްދުން ފެނިގެން ދިޔައީ ނަޝީދަށް ހިތަދޫ އިން މާބޮޑު ތަރުހީބެއް ނެތް ކަމެވެ.
ނަޝީދު ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ސަރަހައްދުގެ މަތިން ނަގާފައިވާ ފޮޓޯއެއް އާއްމުވެފައިވާއިރު އެތަނުގައި މާގިނަ އަދަދެއްގެ ބަޔަކު ފެންނާކަށް ނެތެވެ.
މީގެކުރިން އައްޑޫ އަކީ ނަޝީދުގެ ބޮޑު ތާއީދެއް އޮންނަ އަތޮޅެކެވެ. ހިތަދޫ އަކީ ވެސް އެހާމެ ނަޝީދުގެ ސަޕޯޓަރުން ގިނަ ރަށެކެވެ. އެކަމަކު މިއަދު އެ މަންޒަރު ފެނިގެން ދިޔައީ ވަރަށް ބޮޑަށް ބަދަލުވެފައިތަނެވެ.
ނަޝީދު އައްޑޫ އަށް ވަޑައިގެންނެވިއިރު އެމްޑީޕީގެ ޕްރައިމަރީ އިންތިހާބުގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މީގެކުރިން ވަނީ އައްޑޫ އަށް ވަޑައިގެންފައެވެ. އެމަނިކުފާނަށް އައްޑޫ އިން ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ.
ރައީސް ސޯލިހުގެ ކެމްޕެއިން ނިންމުމުގެ ޖަލްސާ ވެސް އޮތީ އައްޑޫގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ