ތޫނު އެއްޗަކުން ހަމަލާދީ މާލޭގައި މީހަކު ޒަހަމްކޮށްލައިފިއެވެ.
އެކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ މާލޭގައި މާރަމާރީ ހިންގައިގެން އުޅޭ ކަމުގެ ރިޕޯޓު މިއަދުގެ 16:10 ހާއިރު ލިބުނު ކަމަށެވެ. އެ ހާދިސާގައި އަނިޔާވި މީހާ އަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ބުންޏެވެ.
އެހެންނަމަވެސް ޒަހަމްވި މީހާ އަށް ލިބުނީ ކިހާ ވަރެއްގެ އަނިޔާތަކެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެ މާރާމާރީގައި ހިނގާފައި ވަނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލު ކައިރިންނެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ