ރާއްޖެ އިން އަބަދުވެސް އެދެނީ އިންޑިއާ އަށް އިންސާފާއި ސުލްހައިގެ ރޫހު ދެމިގެން ދިއުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އިންޑިއާގެ 74ވަނަ ޖުމްހޫރީ ދުވަހާއި ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި މިއަދު ވަނީ ދުވަހުގެ ތަހުނިޔާ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި ރައްޔިތުންނަށް އަރިސް ކުރައްވާފައެވެ. އަދި ވިދާޅުވީ އިންޑިއާގައި ޑިމޮކްރަސީ އާއި އިންސާފާއި ސުލްހައިގެ ރޫހު ދިގުދެމިގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
https://twitter.com/ibusolih/status/1618486492686594048?s=20&t=-R1TKN3gdiz70R8ruFLyOQ
އިންޑިއާގެ ޖުމްހޫރީ ދުވަހާއި ގުޅިގެން ފޮރިން މިނިސްޓަރި ޝާހިދު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ އިންޑިއާގެ ގާނޫނު އަސާސީގެ ކާމިޔާބީއަކީ ގައުމުތަކަށް ލިބޭ ހިތްވަރެއް ކަމަށެވެ. އަދި އިންޑިޔާ އަކީ ހަމައެކަނި ޑިމޮކްރަސީ ދެމިއޮތް ގައުމެއް ނޫން ކަމަށާއި އެގައުމުގެ ޑިމޮކްރަސީ އަދިވެސް އަންނަނީ ކުރިއަރަމުން ކަމަށް ޝާހިދުގެ ޓްވީޓުގައި ވިދާޅުވިއެވެ.
https://twitter.com/abdulla_shahid/status/1618463052831293442?s=20&t=-R1TKN3gdiz70R8ruFLyOQ
ނަވާރަ ސަތޭކަ ފަންސާސްވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26ވަނަ ދުވަހުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް މި ދުވަސް އިންޑިއާ އިން ފާހަގަކުރަނީ އެގައުމުގެ ޖުމްހޫރީ ދުވަހުގެ ގޮތުގައެވެ. އެގޮތުން މި ދުވަސް އެގައުމުން ފާހަގަކުރަނީ އެގައުމުގެ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި ދުވަހުގެ ގޮތުގައެވެ.
މިކަމުގެ ސަބަބުން 1935 ވަނަ އަހަރުގެ ގަވާމަންޓް އޮފް އިންޑިއާ ގާނޫނުގެ ބަދަލުގައި އިންޑިޔާގެ ހިންގުމުގެ ލިޔުމެއްގެ ގޮތުގައި ބަދަލުވެ، އިނގިރޭސިންނާއި ވަކިން ޖުމްހޫރިއްޔަތަކަށް އެގައުމު ބަދަލުވެގެން ދިޔައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ