އައްޑޫ ސިޓީގައި ޓެކްސީ އަކަށް އެރި އަންހެނަކަށް އެ ޓެކްސީގެ ޑްރައިވަރު ޖިންސީ ފުރައްސާރަކުރި ކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެ މައްސަލަ އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ރޭގެ ވަގުތެއްގައި ވަނީ އެ އަންހެން މީހާ އަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރާ ޓެކްސީ ޑްރައިވަރުގެ ފޮޓޯ އާއި އަދި އޭނާ ޓެކްސީ ދުއްވަން އިން މަންޒަރު ފެންނަ ވީޑިއޯއެއް އާއްމު ކޮށްފައެވެ.
މި މައްސަލާގައި ތުހުމަތުވާ މީހާ ހައްޔަރު ކުރި ކަމެއް ނުވަތަ ނޫން ކަމެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. އަދި މި ހާދިސާ ހިނގީ އައްޑޫ ސިޓީގެ ކޮން ރަށެއްގައި ކަމެއްވެސް ނޭނގެއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ